Advertisement
ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 22:30
ހާދިސާ ހިނގި އަމާޔާ ރިސޯޓް ކުޑަރަށް
ހާދިސާ ހިނގި އަމާޔާ ރިސޯޓް ކުޑަރަށް
އަމާޔާ ރިސޯޓްސް
މީހަކު ދަންޖެހިގެން މަރުވުން
ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
މަރުވެފައި ހުއްޓާ ފެނުނީ އޭނާ މަސައްކަތްކުރާ ޕެސްޓް ކޮންޓްރޯލް ރޫމު ތެރޭގައި

އދ. އަތޮޅު ކުޑަރަށުގައި ހިންގާ، އަމާޔާ ރިސޯޓުގައި މަސައްކަތް ކުރާ ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެއެެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން އެ ރިސޯޓުގައި މަސައްކަތް ކުރާ މުއައްޒަފަކު ބުނީ ދަންޖެހުނު ލަންކާ މީހާއަކީ އެ ރިސޯޓުގެ ޕެސްޓް ކޮންޓްރޯލްގައި މަސައްކަތް ކުރާ މުއައްޒަފެއް ކަމަށެވެ. އަންގާރަ ދުވަހުގެ ރޭ 7:30 ހާއިރު އޭނާ މަރުވެފައި ހުއްޓާ ފެނުނީ އޭނާއާ އެކު މަސައްކަތް ކުރާ މުއައްޒަފަކަށެވެ.

އެ މީހާ ދަންޖެހިފައި ހުއްޓާ ފެނުނީ ރިސޯޓުގައި އޭނާ މަސައްކަތް ކުރާ ޕެސްޓް ކޮންޓްރޯލް ރޫމުގެ ތެރޭގައެވެ. ދަންޖެހި މަރުވި މީހާގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުން އެ ރިސޯޓަށް ދަތުރުކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

-ތަފްސީލު އަންނަނީ-

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް