ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 09:51
ހަމަލާދެވުނު ނެގަމްބޯގެ ކަޓުވަޕިޓިޔާގައި ހުންނަ ސެބަސްޓިއަން ޗާޗު
ހަމަލާދެވުނު ނެގަމްބޯގެ ކަޓުވަޕިޓިޔާގައި ހުންނަ ސެބަސްޓިއަން ޗާޗު
ޓްވިޓަރ
ލަންކާ ބޮންގޮއްވުން
ޒަހަމްވެފައިވާ މީހުންނާއި މަރުވެފައިވާ މީހުންނާއެކު ނެގަމްބޯ ހޮސްޕިޓަލް ފުރިފައި!
ސެބަސްޓިއަން ޗާޗުގައި ގޮއްވާލި ބޮމުގެ ހަމަލާގައި 104 މީހުންވަނީ މަރުވެފައި
ބޮންތައް ގޮއްވާލި ހަމަލާގައި ޝައްކު ކުރެވޭ 24 މީހަކު ވަނީ ހައްޔަރުކޮށްފައި

ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަ ކުރަމުން ދަނިކޮށް ތިން ފައްޅިއެއްގަ އާއި ކޮލަމްބޯގެ ބައެއް ތަންތަނުގައި ބޮންތަކެއް ގޮއްވާލި ހަމަލާގައި އެންމެ ގިނަ މީހުން މީހުން މަރުވެ، ޒަހަމްވެފައިވަނީ ނެގަމްބޯގެ ކަޓުވަޕިޓިޔާގައި ހުންނަ ސެބަސްޓިއަން ޗާޗުގައި ގޮއްވާލި ބޮމުގެ ހަމަލާގައެވެ.

 ބޮން ގޮއްވާލިތާ ތިން ދުވަސްވެފައިވާއިރު، ނެގަމްބޯގެ ޖެނެރަލް ހޮސްޕިޓަލްގައި, ހަމަލާގައި ޒަހަމްވި ގިނަ މީހުންނަށް އަދި ވެސް ދަނީ ފަރުވާ ދެމުންނެވެ.

 ސެބަސްޓިއަން ޗާޗުގައި ގޮއްވާލި ބޮމުގެ ހަމަލާގައި މަރުވި 104 މީހުން އަދި ވެސް ހޮސްޕިޓަލްގައި އެބަތިބި ކަމަށާއި، ޒަހަމްވި 100 މީހުންނަށް އަދި ވެސް ފަރުވާ ދެމުން އަންނަ ކަމަށް ނެގަމްބޯ ޖެނެރަލް ހޮސްޕިޓަލްގެ ޑައިރެކްޓަރ ލަންކާގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ވަނީ ވިދާޅުވެފައެވެ.

ރަގަމާ ހޮސްޕިޓަލްގެ ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން 32 މީހަކަށް އަދި ވެސް ފަރުވާ ދެމުން އަންނަ ކަމަށް ލަންކާގެ މީޑިޔާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަ ކުރަމުން ދަނިކޮށް ތިން ފައްޅިއެއްގަ އާއި ކޮލަމްބޯގެ ބައެއް ތަންތަނުގައި ބޮންތަކެއް ގޮއްވާލި ހަމަލާގައި، ޝައްކު ކުރެވޭ 24  މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި މި ހަމަލާގައި މަރުވި މީހުންގެ އަދަދު 310 އަށް އަރާފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު ވަނީ 500 އަށް އަރާފައެވެ.

- ކޮމެންޓް
23 އޭޕްރިލް 2019 | އަންގާރަ 07:55
vanpasy
ވަރަށް ގިނަ ސިޔާސީ މީހުންނާ އެތީސްޓް އަދި ދީނާ ދުރު ބަނގުރާ ބުއިމާ ކެސިނޯ ކުޅުމާ ކައިރި މީހުން އަދި ދީނީ ހަރުކަށި ބައެއް ފަރާތްތަކުން ދިވެހިރާއްޖެއަށް ނިސްބަތްވާ މީހުން ތިމަންނަމެންގެ ދެވަނަ ހޯމްއަކީ ލަންކާއޭ ބުނެފަ ހުންނާތީ ފެނޭ. އެކަމަކު ގޭތެރެ ގޮއްވާލާ އެފުށް މިފުށަށް ޖެހިއިރު ކޮބާ 2 ދެވަނަ ހޯމް މީހުން ކުރިކަމެއް ޕްރޮފައިލް ފޮޓޯ ބަދަލު ކުރުމާ ފޭސްބުކް ޕޯސްޓް ޝެއަރ ކުރުން ފިޔަވާ. ފަންޑެއް ހޯދާލާ މަސައްކަތެއް ކޮށްލާގެން ލަންކާއަށް އެހީވާން ކޮށްދިނީ ކޮންކަމެއް. ރަގަޅު ޓީވީ ކަވަރޭޖެއް ވެސް ހޯދާލަ ނުދެވުނު. ނިއުޒިލޭންޑްގައި މީގެ ދުވަސްކޮޅެއް ކުރިން ހިގި ހާދިސާއާ ގުޅިގެން އެގައުމުގެ ރައްޔިތުންނާ ގައުުމުގެ އެންމެ މަތީވެރިން ދެއްކި މިސާލުން ރާއްޖެއަށް އައީ ކޮންބަދަލެއް. އެއީ ފަރަންޖީ ގައުމެއް މިއީ 100 ޕަސެންޓް އިސްލާމް ގައުމެއް. އޮތީ ކަންހިންގި ގައުމީ ޖެހިގެން އެންމެ ކައިރީ. ވޭކް އަޕް ވެ ދުނިޔެއަށް ނަމޫނާ ދައްކަން ލިބުނީމާ ވެސް ނިދާފަ ތިބެގެން މިގައުމުގެ ނަމެއް ކުރިބޯއްޓަކަށް ނޫފުލޭނެ