ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 08:28
އެއަރޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އިތުރު ދެ އިމާރާތެއް ސުންނާފަތިވެފައިވޭ
އެއަރޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އިތުރު ދެ އިމާރާތެއް ސުންނާފަތިވެފައިވޭ
އީޕީއޭ
ފިލިޕީންސަށް އައި ބިންހެލުން
ފިލިޕީންސަށް އައި ބިންހެލުމުގައި މަދުވެގެން ފަސް މީހުން މަރުވެއްޖެ
6.1 މެގްނިޓިއުޑްގައި އައި މި ބިންހެލުން އަައިސްފައިވަނީ ހަވީރު 5:11 ހާއިރު

ފިލިޕީންްސްގެ ރަށެއް ކަމަށްވާ ލުޒޮންއަށް އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން ފަސް މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ފިލިޕީންސް އިންްސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސީސްމޮލޮޖީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު 6.1 މެގްނިޓިއުޑްގައި އައި މި ބިންހެލުން އަައިސްފައި ވަނީ ހަވީރު 5:11 ހާއިރުއެވެ.

އެއަރޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އިތުރު ދެ އިމާރާތެއް ސުންނާފަތިވެފައިވެއެވެ.

އެ ގައުމުގެ އިދާރާތަކުން ބުނާ ގޮތުގައި ޕޮރެކް އަވަށުގެ ހަތަރު ފަންގިފިލާގެ ގެއެއްގައި މީހުން ތާށިވެފައި ތިބުމުގެ ފުރުސަތު ބޮޑެވެ.

"އެ އުނދަގޫކަމެއް، އެހެންވެ އަޅުގަނޑުމެން މިދަނީ އެތެރޭގައި ތިބި މީހުން ސަަަލާމަތް ކުރުމަށް ޖަނެރޭޓަރެއް ބެހެއްޓޭތޯ ބަލަމުން" ޕަމްޕަންގާ ޕްރޮވިންސްގެ ގަވަރނަރ ލިލިއާ ޕިނޭޑާ އޭބީއެސް ސީބީއެން ޓީވީގައި ބުނެފައިވެއެވެ.

އެ ކަމަނާ ވިދާޅުވީ ފިހާރައެއްގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު ނެރެފައިވާއިރު އަންހެނަކާއި އޭނާގެ މާމަ ދަރިފުޅު މަރުވެފައިވަނިކޮށް ލުބާއޯ އަަވަށުން ފެނިފައިވާ ކަމަށެވެ.

މިހާތަނަށް ވިހި މީހުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ވެރިރަށް މެނީލާއަށް ބިިންހެލުން އައުމާއެކު އުސް އިމާރާތްތައް ހެލޭތަން ފެނިފައިވެއެވެ.

އެންމެ ގެއްލުން ލިބިފައިވަނީ ވެރިރަށް މެނީލާއާއި އުތުުރުން އޮންނަ ކްލާކް އިންޓަރނޭޝަނަލް އެެއަރޕޯޓަށް ކަމަށްވާއިރު އެ އެއަރޕޯޓުުން މަދުވެގެން ހަތް މީހުން ޒަޚަމްވެފައިވެއެވެ.

 

- ކޮމެންޓް