Advertisement
ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 00:56
ގުޅީގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ ދަނީ ފެތުރެމުން
ގުޅީގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ ދަނީ ފެތުރެމުން
ޕޮލިސް
އަލިފާން ރޯވުން
ގުޅީގެ ކުނިގޮނޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ދުމުގެ އަސަރު ވަރަށް ބޮޑަށް ރަށުތެރެއަށް ދަނީ ކުރަމުން

ކ. ގުޅީގެ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ. އަލިފާން ކޮންޓްރޯލް ކޮށްފައި ވަނީ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ފެތުރެމުންދަނިކޮށެވެ. އަދި އަލިފާން ރޯވެ، ރަށު ތެރެއަށް ދުންގަނޑު ފެތުރިފައި ވަނިކޮށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ފެތުރެމުންދަނިކޮށް އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް ހުސްބިންތަކާއި، ކުނިގޮނޑުތަކުގައި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭގައި ފެރީ ޓަމިނަލް އާއި ސެންޓްރަލް ޕާކާއި ދެމެދު އޮތް ހުސްބިމުގައި ވެސް އަލިފާން ރޯވެ ބޮޑު ސަރަހައްދަކަށް އަލިފާން ފެތުރިގެން ދިޔައެވެ. ނަމަވެސް މިފަދަ އެއްވެސް ހާދިސާއެއްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް