ކ. މާލެ
|
22 އޭޕްރިލް 2019 | ހޯމަ 21:13
2014 ވަނަ އަހަރު ހުޅުވި ފިޓްޒޯން
2014 ވަނަ އަހަރު ހުޅުވި ފިޓްޒޯން
ރާއްޖެއެމްވީ
ފިޓްޒޯން
ފިޓްޒޯނުން ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ގުރޫޕް ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދޭ

ހުޅުމާލޭގައި ޖިމްގެ ހިދުމަތް ދިނުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވި ފިޓްޒޯން އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޖިމް އަދި ކްލާސްތަކަށް މަހު ފީގެ ގޮތުގައި 1060ރ. އަދި އަންލިމިޑެޓް ކްލާސްތަކާއި ޖިމްގެ ޙިދުމަތަށް މަހު ފީގެ ގޮތުގައި 1250ރ. ނެގުމަށް ވަނީ ނިންމާފައެވެ.

ފިޓްޒޯނުގެ މެނޭޖިން ޑިރެކްޓަ އަހުމަދު ރިޔާޒް ވިދާޅުވީ ރަމަޟާން މަހަަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށަން ނިންމީ ރަމަޟާން މަހުގައި ވެސް ގިނަ ބަޔަކު ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް މަގު ފަހިކޮށްދިނުމަށާއި އަދި ރަމަޟާން މަހަކީ އެހެން މަސްމަހަށް ވުރެ ހަރަދު ބޮޑު މަހަކަށް ވެފައި ޖިމް ބޭނުން ކުރާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.

މީގެ އިތުރުން ފިޓް ޒޯންއަކީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންގެންދާ ތަނަކަށްވާ އިރު ފިޓް ޒޯން އިން ކުރިއަށްގެންދާ ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

ގުރޫޕުގެ ފިޓްނަސްގެ ދަށުން ފިޓް ޒޯނުން ވަނީ ސްޓޫޑިއޯއެއް ވެސް ވަނީ ހުޅުވާފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކްލާސްތައް ހިންގަމުން ގެންދާއިރު، ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން ޕްރޮގްރާމް، ޒުންބާ ކުރިއަށް ގެންދެއެވެ.

ފިޓްޒޯނުން އަންނަނީ ޕާސަނަލް ޓްރެއިނަރުންގެ ހިދުމަތް ވެސް ދެމުންނެވެ. އެގޮތުން ޕާސަނަލް ޓްރެއިނަރުންގެ އަގުތައް އުޅެނީ 2،000ރ. އާއި 3،000ރ. އާ ދެމެދުގަ އެވެ.

ރަމަޟާން މަހު ޖިމް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ހަވީރު 16:00 އިން އިރު އޮއްސި 18:00 އަދި ރޭގަނޑު 19:00 އިން ފެށިގެން ދަންވަރު 1:00 އަށެވެ.

- ކޮމެންޓް