ކ. މާލެ
|
22 އޭޕްރިލް 2019 | ހޯމަ 17:54
އާލިއާ ބަޓް އާއި ވަރުން ދަވަން
އާލިއާ ބަޓް އާއި ވަރުން ދަވަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސްތަކުގައި ވާރޭ ވެސް ވެހޭ: އާލިއާ
މި ފިލްމަށް ފަސް ދުވަހުން ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 66.03 ކްރޯޑް ރުޕީސް

ބޮލީވުޑް އެކްޓަރ އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދިޔަ ފިލްމް "ކަލަންކް" އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

މުމްބާއީގައި ބޭއްވި "ކްރިޓިކްސް ޗޮއިސް ފިލްމް އެވޯޑްސް" ގައި މިދިޔަ ބުދަ ދުވަހު ރިލީޒް ކުރި ފިލްމް "ކަލަންކް" އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިގެން ނުދިއުމުން އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް އާލިއާ ބުނެފައި ވަނީ އިންޑަސްޓްރީގައި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަމުންދާނީ ކުރިއެރުން ހޯދުމަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ފަހަރާއި ނުވާ ފަހަރު އަންނާނެ ކަމަށް އާލިއާ ވަނީ ބުނެފައެވެ.

"ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސް ދުވަހު ވާރޭ ވެސް ވެހޭނެ،" އާލިއާ ވަނީ ބުނެފައެވެ.

އެއީ ލިބިގެންދާ ފިލާވަޅެއް ކަމަށް އާލިއާ ވަނީ ބުނެފައެވެ.

"ކަލަންކް" ގައި އާލިއާ ފެނިގެންދަނީ ރޫޕްގެ ރޯލުންނެވެ. މި ފިލްމްގައި އާލިއާއާ އެކު ވަރުން ދަވަން، މާދުރީ ޑިކްސިޓް، ސަންޖޭ ދަތު، އަދިތްޔާ ރޯއީ ކަޕޫރު އަދި ސޯނާކްޝީ ސިންހާ ފެނިގެންދެއެވެ.

"ކަލަންކް" ވެގެން ގޮސްފައި ވަނީ މިއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބިގެންދިޔަ ފިލްމަށެވެ. އެގޮތުން މި ފިލްމަށް ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި 21.60 ކްރޯޑް ރުޕީސް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ޖެހިގެން އައި ދުވަސްތަކުގައި މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މި ފިލްމަށް ފަސް ދުވަހުން ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 66.03 ކްރޯޑް ރުޕީސް އެވެ.

އަބީޝޭކް ވަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 1940 ގެ އަހަރުތަކުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

- ކޮމެންޓް