ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 00:58
އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 290 މީހަކު ވަނީ މަރުވެފައި
އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 290 މީހަކު ވަނީ މަރުވެފައި
ޑެއިލީ މިރޯ
ލަންކާގައި ބޮން ގޮއްވުން
ލަންކާގައި ކުއްލި ހާލަތު އިއުލާން ކުރަން ނިންމައިފި
ކުއްލި ނުރައްކަލުގެ ހާލަތު ހިންގުމަށް ހަމަޖެހިފައިވަނީ މިރޭ 12 އިން ފެށިގެން

އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި ކުއްލި ހާލަތު އިއުލާން ކުރަން ނިންމައިފިއެވެ. ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ކުއްލި ނުރައްކަލުގެ ހާލަތު ހިންގުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރޭ 12 އިން ފެށިގެންނެވެ. 

ބޮމުގެ ހަމަލާތަކާ ގުލީގެން ހޯމަ ދުވަހުގެ ރޭ 8:00 އިން ފަތިހު 4:00 ޖަހަންދެން އެ ގައުމުގައި ކާފިޔު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 

ކުއްލިހާލަތު އިއުލާން ކުރަން ނިންމާފައި ވަނީ ލަންކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ލަންކާގެ މިހާރުގެ ހާލަތު އެ ގައުމުގައި ތިއްބަވާ ގައުމުތަކުގެ ސަފީރުންނާއި ހައިކޮމިޝަރުންނާއި ރައީސް ސިރިސޭނަ ގެންދަވަނީ ބައްދަލުކުރަން ހަމަޖެހިފައިވެއެވެ. ލަންކާގައި ބޮން ގޮވުމުގެ 8 ހާދިސާ އެއް ހިނގާފައިވާއިރު މިއަދު މެންދުރުގެ ވަގުތެއްގައި އިތުރު ބޮމެއް ވަނީ ގޮއްވާލާފައެވެ. ކޮޗިކަޑޭ ޗާޗް ކައިރި އެ ހާދިސާ ހިނގާފައިވަނީ، ސިފައިންވެސް ހަރަކާތްތެރިވަމުން ދަނިކޮށެވެ. ބޮން ގޮވާފައި ވަނީ އެ ސަރަހައްދުގައި އޮތް ކާރެއްގައި އޮތް ބޮމެއް ނައްތާލުމަށް ސިފައިން މަސައްކަތް ކުރަމުން ދަނިކޮށެވެ.

- ކޮމެންޓް