ސްރީލަންގެ ވެރިރަށް ކޮލަމްބޯގެ ޗާޗާއި، ހޮޓާތަކަށް ދިން ހަމަލާއި ގުޅިގެން އިތުރަށް 8 ގަޑިއިރަށް ކާފިޔުން ހިންގަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.
އެގޮތުން ކާފިޔު ހިންގަނީ މިއަދު ހަވީރު 8:00 އިން ފަތިހު 4:00 އަށް ކަމަށް ލަންކާގައި ހުންނަ ބީބީސީގެ ރިޕޯޓަރު އައްޒާމް އަމީން ރިޕޯޓް ކުރެއެވެ. ބައެއް ފަރާތްތަކުން ދޮގު ހަބަަރު ފަތުރަމުންދާތީވެ ލަންކާ ސަރުކާރުން ވަނީ އެގައުމުގެ ސޯޝަލް މީޑިއާތައް ވަގުތީ ގޮތުން އިއްޔެ ބަންދުކޮށްފައެވެ.
Police curfew will be imposed from 8 PM today to 4 AM tomorrow as a precautionary measure - Govt
— Azzam Ameen (@AzzamAmeen) April 22, 2019
އެންމެ ފުރަތަމަ ކާފިޔު އިއުލާން ކޮށްފައިވަނީ އާދިއްތަ ދުވަހު ހަވީރު 6:00 އިން މިއަދު ހެނދުނު 6:00 އަށެވެ.
ލަންކާ އަށް ދިން ހަމަލާގައި މިހާތަނަށް 290 މީހަކު މަރުވެފައިވާއިރު، ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ 24 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
President Sirisena appoints a 3-member committee to look into yesterday's bombing incidents. Supreme court judge Vijith Malalgoda, Former IGP N.K. Ilangakoon & Former Law & Order Ministry Sec Padamasiri Jayamanme are the members of the committee
— Azzam Ameen (@AzzamAmeen) April 22, 2019
ހާދިސާގެ ހަބަރު ލިބިވަޑައިގެންނެވިއިރު ސިންގަޕޫރްގައި ޗުއްޓީ ހޭދަކުރައްވަމުން ދިޔަ އެގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނަގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ލަންކާ އަށް ވަޑައިގަންނަވާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ބޮމުގެ ހާދިސާ ތަހުގީގު ކުރުމަށް ސިރިސޭނަ ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.