މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގައި އާދިއްތަ ދުވަހު ކުޅުނު މެޗުތައް ކ.ގުޅީ ސްކޫލްއާއި ޣިޔާސުއްދީންއިންޓަރ ނޭޝަނަލް ސްކޫލް އަދި އަމީނިއްޔާ ސްކޫލްއިން ކާމިޔާބު ކުރިއިރު، މުހިއްދީން ސްކޫލްއާއި އިމާދުއްދީން ސްކޫލް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ފަސްވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގައި އާދިއްތަ ދުވަހު ކުޅުނު 16 އަހަރުން ދަށުގެ އަންހެން ބައިގެ މެޗު ކ.ގުޅީ ސްކޫލް ކާމިޔާބު ކުރީ ދަރުމަވަންތަ ސްކޫލްއާއި ވާދަކޮށް 7-15 ގެ ނަތީޖާ އަކުންނެވެ.
މި މެޗު ކ. ގުޅީ ސްކޫލްއިން ކާމިޔާބު ކުރިއިރު، މި މުބާރާތުގައި އަތޮޅު ތެރޭގެ ސްކޫލްތަކުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކ. ގުޅީ ސްކޫލްގެ އައިޝަތު ނަފްހާ ޖަލީލްއެވެ.
އާދިއްތަ ދުވަހުގެ 16 އަހަރުުން ދަށުގެ ފިރިހެންބައިގެ މެޗު ޣިޔާސުއްދީން އިންޓަރނޭޝަނަލްގެ ޓީމް ކާމިޔާބުކުރީ ކަލާފާން ސްކޫލްއާއި ވާދަކޮށް 10-17 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޣިޔާސުއްދީން ސްކޫލްގެ މުހައްމަދު އަލްޔާން މިރްޝަން ހަސަންއެވެ.
ނެޝަނަލް ހޭންޑްބޯލް ގްރައުންޑްގައި ކުރިއަށްދާ މި މުބާރާތުގައި އަމީނިއްޔާ ސްކޫލްއާއި ދަރުމަވަންތަ ސްކޫލް ވާދަކުރި މެޗު 21-25 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކުރީ އަމީނިއްޔާ ސްކޫލްއިންއެވެ.
މެޗުގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިިރު ލީޑް ކުޑަކުރުމަށް ދަރުމަވަންތަ ސްކޫލްއިން ވަނީ ރަނގަޅު މަސައްކަތް ތަކެއް ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމީނިއްޔާ ސްކޫލްގެ ރާއިދު ރަޝީދްއެވެ.