ކ. މާލެ
|
22 އޭޕްރިލް 2019 | ހޯމަ 10:44
ވޮލޮޑިމީރް ޒެލެންސްކީ
ވޮލޮޑިމީރް ޒެލެންސްކީ
ރޮއިޓަރސް
ޔޫކްރެއިން
ޔޫކްރެއިންގެ އިންތިޚާބު:ރައީސްކަމަށް ކޮމޭޑިއަން ޒެލެންސްކީ؟
ގްޒިޓް ޕޯލް ދައްކާގޮތުން ވޮލޮޑިމީރް ޒެލެންސްކީ އުޅުއްވަނީ 70 ޕަސެންޓަށް ވުރެ ކުރީގައި

ޔޫކްރެއިންގައި ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގައި ކުރީގައި އުޅުއްވަނީ ކޮމޭޑިއަން ވޮލޮޑިމީރް ޒެލެންސްކީ،41 ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ.

އާދީއްތަ ދުވަހު ލީ ވޯޓުގެ ނަތީޖާ އަދި ގުނަން ފަށާފައި ނުވި ނަމަވެސް އެގްޒިޓް ޕޯލަކީ ނަތީޖާ ގާތްގަނޑަކަށް ޔަގީން ވާ އެއްޗެކެވެ. އެގްޒިޓް ޕޯލް ދައްކާ ގޮތުން ވޮލޮޑިމީރް ޒެލެންސްކީ އުޅުއްވަނީ 70 ޕަސެންޓަށް ވުރެ ކުރީގައެވެ.  އަދި އޭނާ އާއި އެކު ވާދަކުރެއްވި ކެންޑިޑޭޓް، މިހާރުގެ ރައީސް ޕެޓްރޯ ޕްރޮޝެންކޯ އުޅުއްވަނީ 25 ޕަސެންޓް ހިސާބުގައެވެ.

ޔޫކްރެއިންގެ ޓީވީ ޗެނަލް ވަން ޕްލަސްވަން އިން 2015 ވަނަ އަހަރު ދެއްކި ކޮމެޑީ ސީރީޒް"ސަރވެންޓް އޮފް ދަ ޕީޕަލް" ގައި ޒެލެންސްކީ ފުރަތަމަ ކުޅެފައިވަނީ ޓީޗަރެއްގެ ރޯލެވެ. އެހެން ނަމަވެސް އޭނާ ގައުމުގެ ކަރަޕްޝަނާއި ދެކޮޅަށް ވާހަކަ ދައްކާ ވީޑިއޯއެއް އާންމުވެ މީހުންގެ މެދުގައި އޭނާއަށް އޮތް މަގުބޫލުކަން އިތުރުވެއެވެ. އެމަގުބޫލުކަމާއެކު ޒެލެންސްކީއަށް ރައީސްކަން ލިބެއެވެ. "ސަރވެންޓް އޮފް ދަ ޕީޕަލް" ދައްކާފައި ވަނީ 51 އެޕިސޯޑެވެ.

މި ސީރީޒްއަށް ލިބުނު ތާއީދާ އެކު ޒެލެންސްކީ ވަނީ ހަމަ އެ ނަމުގައި ސިޔާސީ ޕާޓީއެއް ވެސް ރެޖިސްޓްރީ ކޮށްފައެވެ. ޕާޓީގެ ލޯގޯ ހަދާފައިވަނީ ވެސް އެ ސީރީޒްގެ ލޯގޯއާއި އެއްގޮތަށެވެ.

އެގްޒެކެޓިވް ޕޯލުގެ ނަތީޖާއާ އެކު ރައީސު ޕޮރޮޝެންކޯ ވަނީ ބަލި ގަބޫލުކުރައްވާ ޒެލެންސްކީ ހުވާ ކުރެއްވުމުގެ ކަންތައްތައް ހަމަޖެއްސެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް