ކ. މާލެ
|
22 އޭޕްރިލް 2019 | ހޯމަ 01:23
ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް މިއަދު އޮތީ ފުރި ބާރުވެފައި
ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް މިއަދު އޮތީ ފުރި ބާރުވެފައި
މުހައްމަދު ޝަރުހާން
ސްރީލަންކާގެ ބޮމުގެ ހަމަލާ
ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
މި ބޮން ހަދާފައިވަނީ ހަފޫޓްގެ ޕީވީސީ ހޮޅިއެއެއްގައި

ލަންކާގެ މައި އެއާޕޯޓް ކަމުގައިވާ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓާއި ކައިރިން ބޮމެއް ފެނުމުން އެއާޕޯޓް ބަންދުކޮށްފިއެވެ.

މި ބޮން ފެނިފައިވަނީ އެއާޕޯޓަށް ދެވޭގޮތަށް އޮންނަ މަގަކުންނެވެ.

ހަފޫޓްގެ ޕީޕީސީ ހޮޅިއެއްގެ ތެރޭގައި ހަދާފައިވާ މި ބޮން ނުވަތަ (އައިއީޑީ) ފެނުނީ، އެއާފޯސްގެ އެކްސްޕްލޯސިވް އޯޑްނަންސް ޓީމަށެވެ. އަދި މިހާރު އެ ބޮން ވަނީ އެކަހެރި ސަރަޙައްދަކަށް ގެންގޮސް ރައްކާތެރިކަމާއިއެކު ނައްތާލާފައެވެ.

ސްކައި ނިއުސްގެ ރިޕޯޓަރަކާއި ހަވާލާދީ ސަންޑޭ ޓައިމްސްގައި ބުނެފައިވަނީ، މި ބޮން ފެނުމާއި އެކު އެއާޕޯޓް ބަންދުކުރި ކަމަށެެވެ.

"އެއާޕޯޓް ސަރަހައްދުން ބޮން ފެނުނު ވާހަކައާއި އެކު ދުރު ހިސާބަކުން އެއްޗެއް ގޮއެްވާލި އަޑު އެހިން. ބެލެވެނީ އޭތި ގޮއްވާލީކަމަށް"، ސްކައި ނިއުސްގެ ރިޕޯޓަރު ބުނެފައިވެއެވެ.

ލަންކާގެ 8 ސަރަހައްދެއްގައި އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 215 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 35 މީހުން ވެސް ހިމެނެއެވެ. އަދި އެގައުމުން ވަނީ ހަމަލާތަކާ ގުޅިގެން 13 މީހުން ހައްޔަރުކޮށްފައެވެ. އަދި މި ހަމަލާގައި ބައިވެރިވި ޓެރަރިސްޓުންނަށް ހިޔާވަހިކަން ދިން ކަމަށް ބެލެވޭ ގެއެއްގެ މައުލޫމާތު ލިބިފައިވާކަން ފުލުހުން ހާމަކޮށްފައިވާއިރު، ހަމަލާ ދިނުމަށް މީހުން ތަންތަނަށް އުފުލަން ބޭނުންކުރި ވޭންއެއްވެސް ވަނީ ހޯދާފައެވެ. 

ލަންކާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ހުރިހާ ހަމަލާތައް ވެސް ދިނީ އެއް ޖަމާއަތަކުން ކަމަށް ބެލެވޭ ކަމަށެވެ.

- ކޮމެންޓް