Advertisement
ކ. މާލެ
|
21 އޭޕްރިލް 2019 | އާދީއްތަ 23:45
ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ވިރާޓް ކޯލީ އާދި އެމްއެސް ދޯނީ
ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ވިރާޓް ކޯލީ އާދި އެމްއެސް ދޯނީ
އިންޑިއާ ޓައިމްސް
ރައީސް ސާލިހުގެ އިންޑިއާ ދަތުރުފުޅު
އައިޕީއެލްގެ މެޗެއް ރައީސް ސާލިހް ޝަރަފްވެރި ކޮށްދެއްވައިފި
ދެ ޓީމްގެ ކެޕްޓަނުން ވަނީ ރައީސް ސާލިހަށް ދެ ޓީމްގެ ޖާރޒީ އާއި ބެޓް ވަނީ ރައީސަށް އަރުވާފައި

އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް)ގައި ރޯޔަލް ޗެލެންޖާރސް ބެންގަލޯ (އާރުސީބީ) އާއި ޗެންނާއި ސުޕަރ ކިންގް (ސީއެސްކޭ) ބައްދަލު ކުރި މެޗް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ޝަރަފްވެރި ކޮށްދެއްވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗް ފެށުމުގެ ކުރިން ދެ ޓީމްގެ ކެޕްޓަނުން ވަނީ ރައީސް ސާލިހަށް ދެ ޓީމްގެ ޖާރޒީ އާއި ބެޓް އަރުވާފައެވެ.

އާރުސީބީގެ ކެޕްޓަން ވިރާޓް ކޯލީ ވަނީ އޭނާގެ ޓީމްގެ ރަތާއި ކަޅު ކުލައިގެ ޖާރޒީގައި ރައީސްގެ އޮޓޯގްރާފް ހޯއްދާފައެވެ. އަދި އެމްއެސް ދޯނީ ވަނީ އޭނާގެ ޓީމް ސީއެސްކޭގެ ޖާރސީގައި ރައީސްގެ އޮޓޯގްރާފް ހޯދާފައެވެ.

އިންޑިއަން ކްރިކެޓް ބޯޑް (ބީސީސީއައި)ގެ ދައުވަތަކަށް ރައީސް ސޯލިހް އިންޑިއާ އަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުއެވެ. ބެންގަލޫރަށް ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާ އެމަނިކުފާނު ހޯމަ ދުވަހު ބައްދަލުކުރައްވާނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް