ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 15:03
 މައުރޫފް އަހުމަދު ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީ އާއި ހަވާލުކޮށްދެނީ
މައުރޫފް އަހުމަދު ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީ އާއި ހަވާލުކޮށްދެނީ
ފޭސްބުކް
ވިކްޓްރީ ސ.ކ
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
 
މާއްޓޭއަކީ ވިކްޓްރީގެ އެންމެ ކާމިޔާބު ކޯޗު
 
ރިލްވާން އަކީ މިދިޔަ ސީޒަނުގެ ވިކްޓްރީގެ ކެޕްޓަން
 
މެސީ އާއި އަދުހަމް ކެރިއަރު ފެށީ ވިކްޓްރީން

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކެޕްޓަންގެ މަގާމު އިސްމާއިލް އީސަ (މެސީ) އަށް ހަވާލުކުރި އިރު، ވައިސް ކެޕްޓަނުންގެ ގޮތުގައި ހަސަން އަދުހަމް (ސަޑޭ) އާއި ރިލްވާން ވަހީދު (ރިލޭ) ހަމަޖައްސައިފި އެވެ.

ފާއިތުވި ސީޒަންގެ ކެޕްޓަންގެ މަގާމު އަދާކުރި ރިލޭ އަށް ކެޕްޓަންގެ މަގާމު ގެއްލުނު އިރު، މެސީއަކީ ވިކްޓްރީން ވިދާލި ކުޅުންތެރިއެކެވެ. އޭރު އޭނާއަށް އިރުޝާދު ދީފައި ވަނީ މިހާރު ވެސް އެ ކްލަބާ ހަވާލުވެފައިވާ ކޯޗު އަލީ ސުޒޭން އެވެ.

ހުކުރު ދުވަހު ހަވީރު މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ވިކްޓްރީގެ ފަރިތަކުރުންތަކުގައި އެޓީމުގެ ކެޕްޓަން އަދި ވައިސް ކެޕްޓަނަށް ބޭންޑް ހަވާލުކޮށްދިނީ ވިކްޓްރީގެ ކުރީގެ ކީޕަރު އަދި އެންމެ ކާމިޔާބު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

ވިކްޓްރީގެ ކެޕްޓަނަކަށް ހަމަޖެއްސި މެސީ ވަނީ 2015 ވަނަ އަހަރު ކުލަބް އީގަލްސްގެ ކެޕްޓަން ކަން ވެސް ކޮށްފަ އެވެ. އެ އަހަރު މޮޅު ކުޅުމެއް ދެއްކި މެސީ ވަނީ ހަވީރުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށްވެސް ނޮމިނޭޓް ވެފަ އެވެ.

މެސީ މިދިޔަ އަހަރު ކުޅުނީ މާޒިޔާ އަށެވެ. ކޯޗް އަލީ ސުޒޭންގެ ޕުލޭނުގައި މެސީއަކީ މިދިޔަ އަހަރު އެންމެ މުހިންމު ކުޅުންތެރިއަކަށް ނުވި އެވެ. ވަރުގަދަ ސުކޮޑެއް އޮތް މާޒިޔާގެ ފުރަތަމަ 11 އިން މެސީއަށް އާއްމުކޮށް ޖާގަ ލިބިފައެއް ނުވެ އެވެ.

މިއަހަރުގެ މާލޭ ލީގުގައި ވިކްޓްރީ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ގްރީން ސުޓްރީޓާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
100%
0%
0%
0%
ކޮމެންޓް