Advertisement
ކ. މާލެ
|
21 އޭޕްރިލް 2019 | އާދީއްތަ 10:47
ބޮން ގޮވުމުގެ ހާދިސާގައި 20 ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ
ބޮން ގޮވުމުގެ ހާދިސާގައި 20 ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ
ޑެއިލީ މިރޯ
ލަންކާ ބޮންގޮއްވުން
ބޮން ގޮއްވުމުގެ ހާދިސާގައި އެއްވެސް ދިވެއްސަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ނުލިބޭ
އެމްބަސީގެ ސްޓާފުން ދަނީ ދިވެއްސަކަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން
ބޮން ގޮއްވުމުގެ ހާދިސާ ހިނގާފައިވަނީ ވެރި ރަށް ކޮލަމްބޯގެ އިތުރުން ކޮއްޗިކަޑޭ، ކަޓުވަޕިޓިޔާގެ އިތުރުން ބެޓިކޮއްލާ ޗާޗު، ކޮޗިކަޑޭގެ ޗާޗުގައި

ލަންކާގެ  ބޮން ގޮއްވުމުގެ ހާދިސާގައި އެއްވެސް ދިވެއްސަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓް ލިބިފައިނެތް ކަމަށް ސްރީލަންކާގައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެއެވެ.

ބޮން ގޮއްވުމުގެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ސަފީރު ވިދާޅުވީ އެއްވެސް ދިވެއްސަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައިވާ ނުވާ ކަމަށާއި، އެމްބަސީގެ ހުރިހާ ސްޓާފުން އެ ސަރަހައްދުތަކުގައި މި ވަގުތު ހަރަކާތްތެރިވަމުންދާ ކަމަށެވެ. ސްރީލަންކާގެ ހަ ސަރަހައްދެއްގައި ބޮން ގޮއްވުމުގެ ހާދިސާތަކެއް ހިގައިގެން އުޅޭ އިރު، މި ސަރަހައްދުތަކަކީ ގިނަ ދިވެހިން ގޮސްއުޅޭ ސަރަހައްދުތަކެކެވެ.

ބޮން ގޮއްވުމުގެ ހާދިސާ ހިނގާފައިވަނީ ވެރި ރަށް ކޮލަމްބޯގެ އިތުރުން ކޮއްޗިކަޑޭ، ކަޓުވަޕިޓިޔާގެ އިތުރުން ބެޓިކޮއްލާ ޗާޗު، ކޮޗިކަޑޭގެ ޗާޗުގައެވެ. ސްރީލަންކާގައި ހުންނަ މަޝްހޫރު ހޮޓެލްތައް ކަމަށްވާ ޝަންގްރިއްލާ، ސިނަމަން ގްރޭންޑް،ކިންގްސްބަރީ ހޮޓެލްގައި ވެސް ބޮން ގޮއްވާފައިވެއެވެ.

ބޮންގޮވުމުގެ ހާދިސާ ގައި 20 ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން  ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ލަންކާ ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.

އާދިއްތަ ދުވަހު އީސްޓަރ ސަންޑޭ ފާހަގަކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ޗާޗަށް ގޮސްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް