ކ. މާލެ
|
21 އޭޕްރިލް 2019 | އާދީއްތަ 08:27
އުމުރުފުޅުން 64 އަހަރު ފުޅުގެ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 35 އަހަރުގެ އަންހެނެއް
އުމުރުފުޅުން 64 އަހަރު ފުޅުގެ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 35 އަހަރުގެ އަންހެނެއް
ރޮއިޓަރސް
ޖިންސީ ފުރައްސާރަ
އިންޑިއާގެ އެންމެ އިސް ފަނޑިޔާރުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު
ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރާ މީހާވަނީ ކޯޓުގެ ވަޒީފާއިން ވަކިކޮށްފައި

އިންޑިއާގެ އެންމެ އިސް ފަނޑިޔާރުގެ މައްޗަށް އެ ކޯޓުގެ ކުރީގެ މުވައްޒަފަކު ޖިންސީ ގޯނާގެ ތުހުމަތު ކޮށްފިއެވެ.

އިސް ފަނޑިޔާރު، އުމުރުފުޅުން 64 އަހަރު ފުޅުގެ ރަނަޖްން ގޯގޮއި ވަނީ 35 އަހަރުގެ އެ މީހާ ކުރާ ތުހުމަތަކީ ގަބޫލުކުރައްވަން ދަތި އަދި އެ ކަމަކީ އެ މަނިކުފާނު މުހިއްމު އަޑުއެހުންތައް ހުއްޓުވުމަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަންހެން މީހާގެ ތުހުމަތާއެކު ފަނޑިޔާރުވަނީ އެޕެކްސް ކޯޓުގެ ޚާއްސަ ބައްދަލުވުމަކަށް ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ. ސުޕްރީމް ކޯޓުގެ 22 ފަނޑިޔާރުންނަށް އަންހެން މީހާ ހުކުރު ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަނޑިޔާރުވަނީ ފަނޑިޔާރުގެ ރަސްމީ ގެކޮޅުގެ އޮފީހުގައި އަންހެން މީހާގެ ފަރާތުން ޖިންސީ އުފާ ހޯދުމަށް ދެ ފަހަރެއްގެ މަތިން އުޅެފައެވެ.

"އޭނާ ވަނީ އުނަގަނޑުގައި ބައްދާލައި މުޅިގައިގައި އޭނާގެ އަތުން ފިރުމާފައި، އަދި އޭނާގެ ހަށިގަނޑުން އަހަރެން ފިއްތާލައި އަހަރެން ދިޔަ ނުދީފައި" ހުވާކޮށް އޭނާ ލިޔެފައިވާ ބަޔާނުގައިވެއެވެ.

އަންހެން މީހާ ބުނާގޮތުން ފަނޑިޔާރުގެ ނަގަން އުޅުނު ފައިދާތަކަށް އޭނާ ނޫނެކޭ ބުނުމާއެކު ވަޒީފާއިން ވަކިކޮށް އާއިލާއަށް ވެސް ފުރައްސާރަ ކޮށްފައިވެއެވެ.

މީގެ އިތުރުން ގޯގޮއިގެ އަނބިކަނބަލުންގެ ގާތަށް އޭނާ ހާޒިރުކުރުމަށް ފަހު އޭނާގެ ކުރިމައްޗަށް ގުދުވެ ނޭފަތުން ފަނޑިޔާރުގެ އަނބިކަނބަލުންގެ ފައިންޕުޅުގައި ބޮސްދީ މައާފަށް އެދުމަށް އެންގުނުކަމަށް ވެސް ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވަމުން ގެންދަވާތާ އަހަރަކަށް ފަހު މި އަހަރުގެ ނޮވެމްބަރު މަހު އެ މަގާމުން ރިޓަޔަރ ކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކަށް އެ މަނިކުފާނު ވަރަށް ޚައްސާސް މައްސަލަތަކެއް ތާވަލު ކުރައްވާފައިވާ ކަމަށާއި އެ މަނިކުފާނުގެ މަސައްކަތް އެއްވެސް ބިރެއްނެތި ކުރިޔަށް ގެންދަވާނެ ކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 އޭޕްރިލް 2019 | އާދީއްތަ 07:02
މުރާސިލު
ހާދަ..