ކ. މާލެ
|
20 އޭޕްރިލް 2019 | ހޮނިހިރު 22:52
ޣައްސާން މައުމޫނާއި، ޑރ. މުހައްމަދު މުއިއްޒު އަދި އަހުމަދު ޝިޔާމް
ޣައްސާން މައުމޫނާއި، ޑރ. މުހައްމަދު މުއިއްޒު އަދި އަހުމަދު ޝިޔާމް
މުހައްމަދު ޝަރުހާން
ޕީޕީއެމަށް ނައިބުން އައްޔަން ކުރުން
ޕީޕީއެމްގެ ނައިބުންނަށް ޣައްސާނާއި އެކު މުއިއްޒު އަދި ޝިޔާމް
ޕީޕީއެމްގެ ނައިބު ރައީސުން އައްޔަން ކުރައްވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ

ޕީޕީއެމްގެ ނައިބު ރައީސުންގެ މަގާމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި 19 ވަނަ މަޖިލީހަށް ގުރައިދޫ ދާއިރާ އިން ހޮވިވަޑައިގެންފައިވާ ޣައްސާން މައުމޫނާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އައްޔަން ކުރައްވައިފި އެވެ.

މި ތިންބޭފުޅުން ޕީޕީއެމްގެ ނައިބު ކަމަށް އައްޔަން ކުރެއްވިކަން ހާމަކުރައްވާފައި ވަނީ އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މިހާރު އަލަށް އުފެއްދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

އަބުއްރަހީމްގެ ޓްވީޓްގައި އޭނާ ވަނީ މި ތިން ބޭފުޅުންނަށް މަރުހަބާ ދަންނަވާ އައު ލީޑަރޝިޕްގައި ޕީޕީއެމްއަށް އިތުރު ކުރިއެރުމާއި ކާމިޔާބަށް އެދިވަޑައިގެންފައެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމްގައި ކުރިން ހުންނެވީ އަބްދުއްރަހީމާއި، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ނަމަވެސް އަބްދުއްރަހީމާއި ސައީދަކީ މިހާރު ޕީއެންސީގެ މެންބަރުންނެވެ.

- ކޮމެންޓް