Advertisement
ކ. މާލެ
|
20 އޭޕްރިލް 2019 | ހޮނިހިރު 13:27
ލ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ގެއެއްގެ ފުރާލު އެއްލާލާފައި
ލ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ގެއެއްގެ ފުރާލު އެއްލާލާފައި
ރާއްޖެ އެމްވީ
ލ. އަތޮޅު
ވިއްސާރާގައި ފޮނަދޫ 6 ގެއެއް ދިރިނޫޅެވޭ ހާލަތައް، ޑިޒާސްޓާގެ ޓީމެއް ލ. އަތޮޅަށް
ބޯހިޔާވަހިކަން ހަމަޖެއްސީ އާއިލީ ގެތަކުން

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ލ. އަތޮޅު ފޮނަދޫއަށް ނަގޫރޯޅިއެއް އަރައި، ހަ ގެއެއްގައި މީހުން ދިރިނޫޅޭ ހާލަތަށް ގޮސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނެފިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މުޅި ރާއްޖެއަށް ހޮނިހިރު ދުވަހު ވަނީ ވިއްސާރަކޮށްފައެވެ. މެޓް އޮފީހުން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް އާދީއްތަ ދުވަހު ވެސް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. 

ޑިޒާސްޓާ މެނޭޖްމެންޓުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ، ލ. ފޮނަދޫއަށް އެރި ނަގޫރޯޅިގައި އެއްގޭގައި މިހާރު ބޭނުން ކުރެވެން ހުރީ އެންމެ ކޮޓަރިއެއް ކަމަށާއި، ކައުންސިލާ ގުޅިގެން އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ގެއްލުންވި 12 ގެތަކުގެ ތެރެއިން ހަ ގެއެއްގެ ފުރާޅަށް ގެއްލުން ލިބުނަސް އެގޭގެ ބައެއް ކޮޓަރިތައް ހުރީ ބޭނުން ކުރެވޭ ހާލަތުގައި ކަމަށް ވިދާޅުވިއެވެ.

''ގެއްލުން ލިބުނު ގެ ތަކުން، އެ ތަނުން ހަ ގެއެއް މީހުން ދިރިނޫޅެވޭ ވަރަށް މިވަގުތު ގެއްލުން ލިބުނު ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ. އެހެންވީމަ އެ ހަ ގެއެއްގެ މީހުންނަށް މި ވަގުތު އެހީތެރިކަން ބޯހިޔާވަހި ކަމެއް މި ފޯރުކޮށްދެއްވަނީ އެބޭފުޅުންގެ އާއިލާގެ ގޭގެއިން ކަމަށް ކައުންސިލުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާފައި އޮތީ'' އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވާއިރު، ހުރިހާ ރައްޔިތުން ވެސް މޫސުމަށް ސަމާލުވެ ކުރިއާލައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ޑިޒާސްޓާ މެނޭޖުމެންޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން އުދަ އެރުމާއި ފެންބޮޑުވުން އަދި ވައިގެ ސަބަބުންވެސް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅު އެޅުމަށް ޝަފީނާޒް ވަނީ އިލްތިމާސްކޮށްފައެވެ.

''އެގޮތުން އުދަ އެރުމާއި ފެންބޮޑުވުން އަދި ވައިގެ ސަބަބުން ވެސް ކުރިން ލ. ފޮނަދޫގައި މި ހިނގާ ދިޔަ ކަހަލަ ހާދިސާތަކުން ވެސް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފުރާޅު ވެސް އެ އެއްލާލަފައި ގޮތަކަށް ހުރި ކަމަށް ވަންޏާ ކުރިއާލައި އެ ހިފެހެއްޓޭނެ ގޮތަކަށް ކުރައްވާ އެކަހަލަ ފިޔަވަޅުތަކެއް އެޅުއްވުމަކީ ވަރަށް މުހިއްމު ކަމެއެ،'' އޭނާ ވިދާޅުވިއެވެ.

ޝަފީނާޒް ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ގޭތެރޭގައި ހިފައި ގެންގުޅޭ އެއްޗެހި ރައްކާތެރި ތަނެއްގައި ބެހެއްޓުން މުހިއްމު ކަމަށެވެ. އަދި އުދަ އަރައިގެން ރަށުގެ ތެރެއަށް ލޮނުގަނޑު އަރާފަދަ ހާދިސާ ތައް ހިނގާފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ކުރިޔާލާ ވެލިބަސްތާ ޖަހައި ރައްކާތެރިވާން ޖެހޭ ކަމަށެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑިޒާސްޓާ މެނޭޖްމެންޓްގެ ޑެޕިއުޓީ ޗިފް އެކްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވީ، ލ. ފޮނަދޫ އަށް އެރި ނަގޫރޯޅީގެ ހަބަރު ލިބުމާއި އެކު ޑިޒާސްޓާ މެނޭޖްމެންޓާއި އެރަށުގެ ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން ގޭބިސީ ތަކުގެ ހާލަ ބައްލަވަމުން އަންނަ ކަމަށެވެ. އެގޮތުން ލ.އަތޮޅު ކައުންސިލްގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ގެއްލުން ލިބުނު 12 ގޭއެއްގެ އެސެސްމެންޓު އެރަށު ކައުންސިލާއި، އެމްއެންޑީއެފް ސަދަން އޭރިޔާ ސައުތު ޑިވިޝަން އާއި އިތުރު މުއައްސަސާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

''މި އެސެސްމެންޓް ހަދާނެ ގޮތް އަޅުގަނޑުމެން ވާނީ ކައުންސިލް އާއިވެސް އަދި މި މުއައްސަސާތަކާއިވެސް ހިއްސާ ކޮށްފައި. މި 12 ގޭގެ އެސެސްމެންޓާއި އެކު މި 12 ގެއަށް ބޭނުންވާ ސާފުކުރުމުގެ އެހީތެރިކަންވެސް މިހާރު މިދާނީ ފޯރުކޮށްދެމުން'' އުމަރު ވިދާޅުވިއެވެ.

ފުރާޅު އެއްލާލުމުގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފާރުފަދަ ތަންތަނަށް ގަސްތައް ވަނީ ވެއްޓިފައެވެ. ފޮނަދޫ ބަދަރުގައި ހުރި ބައެއް ޑިންގީތައް އަޅާފައިވާ ވާ ނެއްޓި ބައެއް ސަތަރިތައް ވަނީ ފަޅައިގެން ގޮސްފައެވެ.

އުމަރު ވިދާޅުވީ، ބައެއް ގޭތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެސެސްމެންޓާއި އެކު ގޭތަކަށް ކަރަންޓު ފޯރު ކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ލ. އަތޮޅުގެ ހާލަތު ބެލުމަށް ޑިޒާސްޓާ މެނޭޖްމެންޓުގެ ވަފުދެއް ވަނީ އެ އަތޮޅަށް ގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް