ޔޫރޮޕާ ލީގުގައި ނަޕޯލީ ކަޓުވާލުމަށްފަހު އާސެނަލް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ނަޕޯލީއާ ވާދަކޮށް އާސެނަލްއިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް އާސެނަލެވެ.
އެގޮތުން އާސެނަލް ސެމީން ޖާގަ ހޯދީ 0-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެ ޓީމުންނެވެ. އެގޮތުން 36 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކުރީ އެލެގްޒެންޑްރާ ލަކަޒޭޓްއެވެ.
މި ލަނޑަށްފަހުވެސް އާސެނަލްއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މި ހާފްގައި ނަޕޯލީއަށްވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.
ދެ ވަނަ ހާފް ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ދެޓީމަށް ވެސް ވަނީ ލިބި ބޭކާރުވެފައެވެ.
އެ ނަތީޖާއާ އެކު ސެމީގައި އާސެނަލް ބައްދަލު ކުރަން ޖެހޭނީ ވެލެންސިއާއާއެވެ. ވެލެންސިއާ ސެމީއަށް ދަތުރުކުރީ ވިޔަރެއާލް ކަޓުވާލުމަށްފަހުއެވެ.