Advertisement
ކ. މާލެ
|
19 އޭޕްރިލް 2019 | ހުކުރު 16:39
ނައްތާލި ބަނގުރާ ފުޅިތައް
ނައްތާލި ބަނގުރާ ފުޅިތައް
ޕޮލިސް
ބަނގުރާ ނައްތައިލުން
ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ނައްތާލީ ފަސް މަސް ދުވަހުގެ ތެރޭގައި އަތުލައިގަތް ބަނގުރާ

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލީ އެ ސްޓޭޝަންގެ ގޯތިތޭރޭގައި ކަމަށެވެ. 

ނައްތާލާފައި ވަނީ ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި އަދި ގދ. ކާޑެއްދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެކި ބްރޭންޑްތަކުގެ 120 ފުޅި ބަނގުރަލާއި އެއް ބިޔަރު ދަޅު ކަމަށް ފުލުހުން ބުންޏެވެ.

ބަނގުރާ ނައްތާލުން ތިނަދޫގައި ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް