Advertisement
ކ. މާލެ
|
19 އޭޕްރިލް 2019 | ހުކުރު 13:36
ކޯލިޝަން ލީޑަރުންގެ މެދުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން
ކޯލިޝަން ލީޑަރުންގެ މެދުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން
ރާއްޖެއެމްވީ
ކޯލިޝަން އެއްބަސްވުން
ކޯލިޝަނުން ވަކި މީހަކަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ނިންމާފައެއް ނޯންްނާނެ: އަލީމް
މަޖިލީހުގެ ރައީސްކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ނިންމާނީ ވޯޓަކުން

ސަރުކާރު ހިންގާ ކޯލިޝަނުން ވަކި މީހަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދިނުމަށް ނިންމާފައިނުވާނެކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުލް އަލީމް އާދަމް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއިއެކު ކޯލިޝަން ހައްދަވައި، ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަންނަވަންޖެހޭނީ ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅަކަށް ކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށްވެސް އިންނަވަންޖެހޭނީ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްކަމަށް އެ ބޭފުޅުންގެންދަވަނީ ވިދާޅުވަމުންނެވެ. 

އެ ވާހަކަތަކާ ގުޅިގެން، އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަންޖެހިވަޑައިގެން ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި އަލީމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ނިންމާނީ ވޯޓަކުން ކަމަށާއި، މެޖޯރިޓީ ބޭނުންވާ ގޮތަށް އިހްތިރާމްކުރަންޖެހޭނެ ކަމަށެވެ. ކޯލިޝަނުން ވަކި މީހަކަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ނިންމާފައިނުވާނެކަމަށް ވެސް އަލީމްް ވިދާޅުވި އެވެ. 

ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ގޮނޑިވެސް ކާމިޔާބުކުރެވުނީ ވަރަށް ކުޑަ ތަފާތަކުންނެވެ. އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދީ، އިދިކޮޅު ޕީޕީއެމް އާއި ޕީއެެންސީއާއިއެކު އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް