ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 04:53
މޯލްޑިވްސް މެރަތަން ފެއްޓުމުގެ ކުރިން ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން
މޯލްޑިވްސް މެރަތަން ފެއްޓުމުގެ ކުރިން ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން
ޓްވިޓަރ
މޯލްޑިވްސް މެރަތަން
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
 
ދެ ކިލޯ މީޓަރު ދުވުމުގެ އަންހެން ބައިން އެއްވަނަ ހޯދީ އައިޝަތު ހުސެއިން ޝާފީ
 
ދެ ކިލޯ މީޓަރު ދުވުމުގެ އަންހެން ބައިން އެއްވަނަ ހޯދީ އައިޝަތު ހުސެއިން ޝާފީ

ކުޑަ ހުސެއިން އެކަޑަމީން (ކޭ އެޗް ސްޕޯޓްސް އެކަޑަމީ) އިންތިޒާމުކޮށްގެން "މޯލްޑިވްސް މެރަތަން" ގެ ނަމުގައި ދުވުމެއް ބާއްވައިފި އެވެ.

ފަސް ކިލޯ މީޓަރު އަދި ދެ ކިލޯ މީޓަރު ހިމެނޭ މި ދުވުން ވިސުލް ކޮށްދެއްވީ ދިވެހި ރާއްޖޭގެ ކުޅިވަރުގެ ބައްޕަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ އަރިހުގައި ގިނަ ދުވަހު އުޅުއްވި އާދަމް ޒާހިރު އަދި މުހައްމަދު ޒާހިރަށް ބޮޑު ބޭބެ ވިދާޅުވާ ނާޝިދު އެވެ.

މި އިވެންޓް ފެށުމުގެ ކުރިން ކޭ އެޗް ސްޕޯޓްސް އެކަޑަމީގެ ފައުންޑާ ޑރ. ހުސެއިން ހަލީމް ބައިވެރިންނާ ވާހާދައްކަވަމުން ވިދާޅުވީ އޭނާ އަކީވެސް މަރްހޫމް ޒާހިރު ނަސީރުގެ އަރިހުން އެތައް ފިލާވަޅުތަކެއް ދަސްވެރެވިފައިވާ މީހެއް ކަމަށާއި، އެގޮތުން ގަޑިއަށް ފަރުވާތެރިވެ، ކަންކަން ރޭވުންތެރިކަމާއެކު މިހާރުވެސް ކުރިޔަށް ގެންދަވާ ކަމަށެވެ.

މި ދުވުމުގެ ފަސް ކިލޯ މީޓަރު އިވެންޓުގައި ޖުމްލަ 41 ބައިވެރިން ދުވިއިރު، ފިރިހެން ބައިން އެއްވަނަ ހޯދީ އިބްރާހިމް ޝިވާޒް އަދި ރަވާހް މުހައްމަދު އެވެ. މީގެ ތެރެއިން ކޮންމެ ދުވުންތެރިޔަކުވެސް ވަނީ 19 މިނެޓު 43 ސިކުންތުން ރޭސް ނިންމާފައެވެ. ދެވަނަ 19 މިނެޓު 49 ސިކުންތުން ރޭސް ނިންމައިގެން ނައުފަލް އީސާ ނިންމިއިރު، ތިންވަނަ ހޯދީ 19 މިނެޓު 56 ސިކުންތުން ސިކުންތުން ރޭސް ނިންމައިގެން އިބްރާހިމް ނައީމް އެވެ.

ފަސް ކިލޯ މީޓަރުގެ އަންހެން ބައިން ޕެޓްރީސިއާ 22 މިނެޓު 32 ސިކުންތުން ހޯދިއިރު، ދެވަނަ ހޯދީ 26 މިނެޓު 41 ސިކުންތުން ރޭސް ނިންމި ނާއިޝާ އެވެ. ތިންވަނަ ހޯދީ 29 މިނެޓު 51 ސިކުންތުން ރޭސް ނިންމި ޝިފާޒާ މުހައްމަދު އެވެ.

ދެ ކިލޯ މީޓަރު ދުވުމުގެ ފިރިހެން ބައިން ނުވަ މިނެޓު 14 ސިކުންތުން އަކްސަލް އަބްދުﷲ އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ 10 މިނެޓު ދެ ސިކުންތުން ރޭސް ނިންމި ޒުއިޒް މުހައްމަދު ސުއާދު އެވެ. ތިންވަނަ ހޯދީ 10 މިނެޓު 28 ސިކުންތުން ރޭސް ނިންމި މުހައްމަދު ނައްފާޒު ނިޔާޒު އެވެ.

ދެ ކިލޯ މީޓަރު ދުވުމުގެ އަންހެން ބައިން އައިޝަތު ހުސެއިން ޝާފީ 11 މިނެޓު 12 ސިކުންތުން ރޭސް ނިންމައިގެން އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ 11 މިނެޓު 15 ސިކުންތުން ރޭސް ނިންމައިގެން ހަނާން ހުސެއިން ހަލީމް އެވެ. ތިންވަނަ ހޯދީ 11 މިނެޓު 24 ސިކުންތުން ރޭސް ނިންމައިގެން އަލައިނާ ލިޔުޝާން އިބްރާހިމް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް