Advertisement
ކ. މާލެ
|
18 އޭޕްރިލް 2019 | ބުރާސްފަތި 18:06
ރައީސް ސޯލިހު ހިރިލަންދޫ ކައުންސިލް މެންބަރުންނާއެކު
ރައީސް ސޯލިހު ހިރިލަންދޫ ކައުންސިލް މެންބަރުންނާއެކު
ރައީސް އޮފީސް
ތ.ހިރިލަންދޫ
ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު މިހާރު އޮތް ޕްލޭންއާ އެއްގޮތަށް ކުރިއަށް ގެންދާނެ: ރައީސް ސޯލިހު
ސިއްހީ ދާއިރާގައި ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ތ.ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު މިހާރު އޮތް ޕްލޭންއާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ސޯލިހު މިހެން ވިދާޅުވީ، ހިރިލަންދޫ ކައުންސިލްގެ މެންބަރުންނާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 
 
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހިރިލަންދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސް ސޯލިހުއާ ވަނީ ހިއްސާކުރައްވާފައެވެ. 
 
ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ހިރިލަންދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އެރަށުގެ ބިންހިއްކުމުގެ މަޝްރޫއާއި، ސިއްޚީ ދާއިރާއިން ހުރި ދަތިތަކާއި، ބަނދަރުގެ ރަނގަޅު ކުރަންހުރި ކަންކަން ހިމެނެއެވެ.

މީގެ އިތުރުން މިހާރުން މިހާރަށް ހައްލު ބޭނުންވެފައިވާ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. 
 
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު މިހާރުއޮތް ޕްލޭނާއި އެއްގޮތަށް ކުރިޔަށްދާނެކަމަށެވެ. އަދި އިތުރަށް އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ، 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް