Advertisement
ކ. މާލެ
|
18 އޭޕްރިލް 2019 | ބުރާސްފަތި 18:02
އެސްއެމްއީ ބޭންކުގެ އެމްޑީ އަހްމަދު ޒީނާދު
އެސްއެމްއީ ބޭންކުގެ އެމްޑީ އަހްމަދު ޒީނާދު
ރައީސް އޮފީސް
އެސްއެމްއީ ބޭންކު
އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
އަލަށް ފަށާ ވިޔަފާރިތަކަށް "ފަށާ ވިޔަފާރި" ލޯނު
މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް "ވިޔަފާރި ތަރައްގީ" ލޯނު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސަރުކާރުން އުފެއްދި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފިއެވެ.

އަލަށް ފަށަައިގަންނަ ވިޔަފާރިތަކަށާއި، މިހާރު ހިނގަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން އަލަށް ތައާރަފް ކުރި ދެ ލޯނަކީ "ފަށާ ވިޔަފާރި" އަދި "ވިޔަފާރި ތަރައްގީ" ގެ ލޯނެވެ. މި ލޯނުތައް ދޫކުރަން ހަމަޖެހިފައިވަނީ 4 ޕަސެންޓާއި 9 ޕަސެންޓާއި ދެމެދުގެ އިންޓްރެސްޓް ރޭޓެއްގައި ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

ދޫކުރެވޭ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކާ މުއްދަތު ކަނޑައެޅޭނީ އެސްޑީއެފްސީއަށް ހުށަހަޅާ ލޯނު އެޕްލިކޭޝަންތަކަށް ބެލުމަށް ފަހު، އެ ވިޔަފާރިއެއްގެ ރިސްކާއި ފީސިބިލިޓީއަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް އެސްޑީއެފްސީން ވަނީ މައުލޫމާތު ދީފައެވެ. އަދި މީގެ ތެރެއިން ބައެއް ލޯނުތަައް އެ ލޯނެއްގެ އަދަދާއި މަޝްރޫއަށް ރިއާޔަތްކޮށް އެއްވެސް ރަހުނަކާ ނުލާވެސް ދޫކުރެވޭނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު އެސްޑީއެެފްސީން ތައާރަފްކުރި ދެ ލޯނާއި އެކު މިހާރު ޖުމްލަ 6 ވައްތަރެއްގެ ލޯނެއް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރެވެއެވެ. ތައާރަފް ކުރެވުނު ދެ ލޯނުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ލުއިތަކެއް ލިބިގެން ދިޔުމާއި އެކު ވިޔަފާރިތައް ކުރިއެރުމުގެ ބައިވެރިއެއްގެ ގޮތުގައި އެސްޑީއެފްސީން ކުރަމުންދާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ ކަމަށް ވެސް އެސްޑީއެފްސީން ވަނީ ބުނެފައެވެ. ލޯނުތަކާއި ބެހޭ އިތުރު މައުލޫމާތު އެ ކޯރޕަރޭޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

އެސްޑީއެފްސީން ދޫކުރާ އިތުރު ލޯނުތަކުގެ ތެރޭގައި ހިމެނެނީ ހަރުމުދާ ލޯނު، ވިޔަފާރި އެހީ، ރަށު ފަތުރު އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑެވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފުކުރެވިފައިވާ "ދަނޑުވެރި ނަފާ" ލޯނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
19 އޭޕްރިލް 2019 | ހުކުރު 08:51
މޫސަ
ކޮންދުވަހަކުންބާ މިބޭންކުން އިސްލާމް އުސޫލަށް ފެތޭގޮތަށް ގެދޮރު އެޅުމާއި މަރާމާތުކުރުމަށް ފައިސާ ދޫކުރަންފަށާނީ........