Advertisement
ކ. މާލެ
|
18 އޭޕްރިލް 2019 | ބުރާސްފަތި 16:59
ވޯކް ޝޮޕްގައި ދަސްކޮށްދެނީ މާރކެޓް ކުރުމުގެ އެންމެ އާދައިގެ އުކުޅުތައް
ވޯކް ޝޮޕްގައި ދަސްކޮށްދެނީ މާރކެޓް ކުރުމުގެ އެންމެ އާދައިގެ އުކުޅުތައް
ގެސްޓްހައުސް އެސޯސިއޭޝަން
އެމްއެމްޕީއާރުސީ
ގެސްޓް ހައުސް ހިންގާ ފަރާތްތަކައް ޚާއްސަކޮށްގެން އެމްއެމްޕީއާރްސީން ވޯކްޝޮޕެއް ހިންގަނީ
ގެސްޓް ހައުސްތައް މާރކެޓް ކުރުމަށްޓަކާ ކުރެވިދާނެ ކަންތައް ދަސްކޮށް ދިނުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ބާއްވާ ވޯކް ޝޮޕެއް
ބޭރުގެ ދެ ފަރާތަކުން މި ވޯކް ޝޮޕްގައި ބައިވެރިވާނެ ކަމަށް ވިދާޅުވި

ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ވޯކްޝޮޕެއް މޯލްޑިވްސް މާރކެޓިން ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ ގެސްޓް ހައުސް ހިންގަވާ ފަރާތްތަކައް ޚާއްސަކޮށްގެން ބާއްވާ ވޯކް ޝޮޕަކީ، އެ ފަރާތްތަކަށް ގެސްޓް ހައުސްތައް މާރކެޓް ކުރުމަށްޓަކާ ކުރެވިދާނެ ކަންތައް ދަސްކޮށް ދިނުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ބާއްވާ ވޯކް ޝޮޕެއް ކަމަށެވެ.

ވޯކް ޝޮޕްގައި ބަލާލާނީ މާރކެޓް ކުރުމުގައި ގެންގުޅެވިދާނެ އެންމެ އާދައިގެ އުކުޅުތައް ކަމަށާއި، މިކަން ކުރަނީ ކޯޕަރޭޓް މޯލްޑިވްސް އާއި ހަވާލުކޮށްގެން ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

"އޭގައި ބަލާލަނީ ޖުމްލަ ގޮތެއްގައި ބޭސިކް މާކެޓިންގ އަށް . އެބޭފުޅުންގެ މަސައްކަތް މާރކެޓް ކުރުމަށްޓަކާ ކުރެވިދާނެ ކުރެވިދާނެ އެކި ކަންކަން . މިކަން ކުރަނީ އައުޓް ސޯސްކޮށްގެން" ތޮއްޔިބް ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ އެ ވޯކް ޝޮޕަކީ ވަރަށް ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދެވޭނެ ވޯކް ޝޮޕެއް ކަމަށާއި،ބޭރުގެ ދެ ފަރާތަކުން މި ވޯކް ޝޮޕްގައި ބައިވެރިވާނެ ކަމަށެވެ. މި ވޯކް ޝޮޕަކީ އެމްއެމްޕީއާރްސީން ހިލޭ ކުރިއަށް ގެންދާ ވޯކް ޝޮޕެއް ކަން ތޮއްޔިބް ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ މަސައްކަތް ކުރިއަށްދާ ގޮތާއި ދޭތެރޭ ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ތޮއްޔިބް ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭން އެ ކުންފުންޏާއި ހަވާލުކުރެވުނު ދެ ވައުދުވެސް ފުއްދިފައިވާ ކަމަށެވެ. 

"ސަރުކާރުގެ ވައުދުގައި ވަނީ ހަތަރު ފަރާތަކަށް ވޯކް ޝޮޕް ހިންގުން. އެމްއެމްޕީއާރްސީން ޕްލޭންކުރީ 11 ސަރަހައްދަކަށް ބަހާލައިގެން 11 ވޯކް ޝޮޕް ހިންގަން. މިހާތަނަށް ހަތް ވޯކް ޝޮޕް ހިންގާފައިވޭ. ފުދޭ ވަރެއްގެ ރަނގަޅު ކާމިޔާބެކޭ ދެންނެވިދާނެ" ތޮއްޔިބް ވިދާޅުވިއެވެ.

100 ދުވަހުގެ ވައުދުގެ ތެރޭން އެ ކުންފުންޏާއި ހަވާލުކުރެވުނު ދެ ވަނަ ވައުދަކީ ފަތުރުވެރިކަން މާރކެޓް ކުރާނެ ޕްލޭނެއް އެކުލަވާލުން ކަމަށާއި، އެކަންކޮށް ނިމިފައިވާ ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއަކީ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް