Advertisement
ކ. މާލެ
|
18 އޭޕްރިލް 2019 | ބުރާސްފަތި 18:06
މިދިޔަ އަހަރު ބޭއްވި ގެސްޓް ހައުސް މަހާސިންތާގެ ތެރެއިން
މިދިޔަ އަހަރު ބޭއްވި ގެސްޓް ހައުސް މަހާސިންތާގެ ތެރެއިން
ރައީސް އޮފީސް
އެމްއެމްޕީއާރުސީ
ގެސްޓް ހައުސްތަކަށް މާކެޓިންގް ސެމިނާތަކެއް ހިންގަނީ
މި ސެމިނާތައް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ލޯކަލް ޓުއަރިޒަމް އެހީތެރިކަން ފޯރުކޮށްދިނުން

އެމްއެމްޕީއާރްސީ އާއި މޯލްޑިވްސް ގެޓްއަވޭސް އާއި ދެމެދު ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް މާކެޓިންގް ސެމިނާތައް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. 

އެމްއެމްޕީއާރުސީން ބުނީ، މި ސެމިނާތައް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ލޯކަލް ޓުއަރިޒަމް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. 

ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް މާކެޓިންގް ސެމިނާތައް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރްސީ އާއި މޯލްޑިވްސް ގެޓްއަވޭސް އަދި ގެސްޓް ހައުސް އެސޯސިއޭޝަންގެ އިސްވެރިންނެވެ. 

މި އެއްބަސްވުމުގެ ދަށުން ގެސްޓްހައުސް މާކެޓިން ސެމިނާތައް ބާއްވަނީ، އއ. ތޮއްޑޫ އާއި އއ. އުކުޅަސް އަދި ކ. މާފުއްޓާއި ވ. ތިނަދޫގެ އިތުރުން ބ. ދަރަވަންދޫ އާއި އދ. ދިގުރަށް އަދި އައްޑޫ ސިޓީ އާއި ތ. އަތޮޅުގެ އިތުރުން ހުޅުމާލޭގަ އެވެ.

އެމްއެމްޕީއާރްސީން ބުނީ، މޯލްޑިވްސް ގެޓްއަވޭސަށް މާކެޓިންގް ސެމިނާތައް ހިންގުމަށް ހަވާލުކުރީ ސެމިނާތައް ހިންގުމަށް ކުރި އިއުލާނަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެން ހޮވުމުން ކަމަށެވެ. އަދި އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ ޕީއާރު އެންޑް މާކެޓިން އެޖެންސީއެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އީމާކެޓިން، އެޑްވަރޓައިޒިން، ބްރޭންޑިންގ، މީޑިޔާ ބްރޯޑްކާސްޓިންގ ފަދަ ތަފާތު ހިދުމަތްތައް ހިމެނެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް