ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ޕޯޓޯ ބަލިކޮށް ލިވަޕޫލް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ޕޯޓޯއާ ވާދަކޮށް ލިވަޕޫލުން މެޗު ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނމުނީ 0-2 ގެ ނަތީޖާއަކުންނެވެ. އެގޮތުން ލިވަޕޫލް ސެމީން ޖާގަ ހޯދީ 1-6 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޕޯޓޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 26 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ މުހައްމަދު ސަލާހުގެ އެހީތެރިކަމާއެކު ސާޑިއޯ މާނޭއެވެ.
ދެވަނަ ހާފް ފެށިގެން ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެލެގްޒެންޑްރާ އާނޯލްޑްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސަލާހުވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން މިލިޓާއޯ ވަނީ ޕޯޓޯއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ލިވަޕޫލްގެ ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހެންޑަސަންގެ އެހީތެރިކަމާއެކު ރޮބާޓޯ ފިރްމީނޯއެވެ. މެޗު ނިމުމުގެ ކުރިން ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ މާނޭގެ އެހީތެރިކަމާއެކު ވެންޑައިކްއެވެ.
މި ނަތީޖާއާއެކު ސެމީގައި ލިވަޕޫލް ބައްދަލުކުރަންޖެހޭނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަތަމަ ލެގު ކުޅޭނީ ބާސާ ދަނޑުގައެވެ.