Advertisement
ކ. މާލެ
|
18 އޭޕްރިލް 2019 | ބުރާސްފަތި 15:22
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ތޮއްޔިބް މުހައްމަދު
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ތޮއްޔިބް މުހައްމަދު
މުހައްމަދު ޝަރުހާން
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 14 މިލިޔަން ޑޮލަރު ނުލިބިވޭ: ތޮއްޔިބް
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވަނީ އެމްއެމްޕީއާރްސީ ކުންފުނިން
އެކި ފަރާތްތަކަށް ދަންކަންޖެހިފައި އޮތް ފަސް މިލިޔަން ރުފިޔާ އެ ފަރާތްތަކަށް މިހާރު ދައްކާފައިވޭ

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ) އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 14 މިލިޔަން ޑޮލަރު ނުލިބިވާ ކަމަށް  ވިދާޅުވެއްޖެއެވެ.

އާ ސަރުކާރު އައި ފަހުން އެމްއެމްޕީއާރްސީގެ ފަރާތުން ފުރަތަމަ ފަހަރަށް މީޑިޔާ އާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ ތިން ކުންފުންޏަކުން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 14 މިލިޔަން ޑޮލަރު ނުލިބިވާ ކަމަށާއި، އެ މައްސަލަތައް މިހާރު އޮތީ ކޯޓް މަރްހަލާގައި ކަމަށެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވަނީ އެމްއެމްޕީއާރްސީ ކުންފުނިންނެވެ.

ތޮއްޔިބް ވިދާޅުވީ އޭނާ އެމްޑީ ކަމާއި ހަވާލުވެވަޑައިގެންނެވިއިރު، އެ ކުންފުނިން އެކި ފަރާތްތަކަށް ދަންކަންޖެހިފައި އޮތް ފަސް މިލިޔަން ރުފިޔާ އެ ފަރާތްތަކަށް މިހާރު ދައްކާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތާއި ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ނަމަކީ މީހުންގެ ކުރިމަތީގައި އޭގެ އިތުބާރު ގެއްލިފައިވާ ނަމަކަށް ވާތީ، މިހާރު ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އެ ކުންފުނީގެ ނަން ބޭނުން ނުކުރާ ކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭގެ ބަދަލުގައި ބޭނުން ކުރަމުން އަންނަނީ "މޯލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް" ކަމަށެވެ.

ތޮއްޔިބް ވިދާޅުވީ އެމްއެމްޕީއާރްސީގެ ނަން އެހެން ނަމަކަށް ބަދަލު ކުރުމަށް މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ކުންފުނީގެ ނަން ބަދަލުކޮށް އެ ކުންފުންޏަށް ކިޔާނެ އާ ނަންތަކެއް ވެސް ފޮނުވާފައިވާ ކަމަށާއި، އެކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުން ވަކި އެއްޗެއް އަދި އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ހިންގާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރްސީ ކުންފުނިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް