Advertisement
ކ. މާލެ
|
18 އޭޕްރިލް 2019 | ބުރާސްފަތި 12:46
ސްކޮލާރޝިޕް ލިބުނު ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރުން
ސްކޮލާރޝިޕް ލިބުނު ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރުން
މުހައްމަދު ޝަރުހާން
އެމްއެންޔޫ
އެމްއެންޔޫއިން 24 ދަރިވަރަކަށް ސްކޮލަރޝިޕް ދީފި
މިއަހަރު ހުޅުވާލި ސްކޮލާޝިޕަށް 117 ދަރިވަރުން ވަނީ ކުރިމަތިލާފައި

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)އިން ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމުގެ ކުރިން ކޮންމެ އަހަރަކުު ވެސް ދޭ ސްކޮލަރޝިޕް 24 ދަރިވަރަކަށް ދީފިއެވެ.

އެމްއެންޔޫއިން މިއަހަރު ހުޅުވާލި ސްކޮލަރޝިޕަށް 117 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން ސްކޮލަރޝިޕް ދިނުމަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށެވެ. އެގޮތުން މިއަހަރުގައި ވެސް ޓިއުޝަން ފީ ހިލޭ ފޯރޮކޮށްދޭ 18 ފުރުސަތަކާއި ފުލް ސްކޮލަރޝިޕްގެ ގޮތުގައި ދޭ 2 ފުރުސަތުގެ އިތުރުން އަންޑަރ ގްރެޖުއޭޓް ޓިއުޝަން ފީ ހިލޭ ދޭ 2 ފުރުސަތަކާއި ޕޯސްޓް ގްރެޖުއޭޓް ޓިއުޝަން ފީ ހިލޭ ދޭ 2 ފުރުސަތެއް ވަނީ ހުޅުވާލާފައެވެ.

މިކަމަށްޓަކައި ބުރާސްފަތި ދުވަހު އެމްއެންޔޫގައި ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އައިޝަތު ޝަފީނާ ވިދާޅުވީ ކޮންމެ ޝަރަފަކާއި ފަހުރަކާއެކީ ދަރިވަރުންނަށް ހަވާލް ކުރެވޭ ޒިންމާއެއް ވާކަމަށާއި އުންމީދަކީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ސްކޮލާރޝިޕް ލިބުނު ހުރިހާ ދަރިވަރުންނަކީ ވެސް ގައުމަށް ބޭނުންތެރި ބަޔަކު ކަމުގައި ވުން ކަމަށެވެ . ދަރިވަރުންނާއި މުހާތަބްކުރައްވައި ޝަފީނާ އިތުރަށް ވިދާޅުވީ ތައުލީމަކީ ހަމައެކަނި ކްލާސްރޫމްގެ ހަތަރު ފާރުތެރޭގައި ލިބޭ އެއްޗެއް ނޫން ކަމަށާއި ދަރިވަރުންނަށް ދަސްވާ އަހުލާގާއި އިސްނެގުމުގެ ހުނަރުތަކަކީ ތައުލީމީ ހަޔާތް ނިމުނުކަމުގައި ވިޔަސް ދިރިއުޅުމަށް ފައިދާކުރާނެ ކަންތައްތައް ކަމަށެެވެ.

އެމްއެންޔޫއިން ކޮންމެ އަހަރަކު ވެސް އެމްއެންޔޫގެ ދަރިވަރުންނަށް ހާއްސަކޮށްގެން ސްކޮލަރޝިޕްގެ ފުރުސަތުތައް ދެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް