Advertisement
ކ. މާލެ
|
18 އޭޕްރިލް 2019 | ބުރާސްފަތި 12:06
އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ
ރައީސް އޮފީސް
އެޑިއުކޭޝަން މިނިސްޓްރީ
އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފި
ޕަރމަނަންޓް ސެކްރެޓަރީއަށް މަހަކު -/20،500 ރުފިޔާ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ
ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/15،000 ރުފިޔާ ލިބިވަޑައިގަންނަވާނެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ. 

ސިވިލް ސަރވިސް ކޮމިޝަނުން ކުރި އިއުލާންގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާ ކަމަށެވެ. އަދި ކޮމިޝަނުން އެކުލަވައިލާ އުސޫލެއްގެ ދަށުން، މަޤާމަށް ހޮވޭ ފަރާތް، މަޤާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އިއުލާންގައި ބުނެފައިވަނީ ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތާއި، ޒިންމާއާއި، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޝަރުޠާއި، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ. އަދި މަޤާމުގެ ޝަރުތެއްގެ ގޮތުން މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ވަނީ ކަނޑައަޅާފަ އެވެ. 

ޕަރމަނަންޓް ސެކްރެޓަރީއަށް މަހަކު -/20،500 ރުފިޔާ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާއިރު، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/15،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. 

އެޑިއުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހޯދުމަށް އިއުލާންކުރީ، އެ މަޤާމުގައި ހުންނެވި ހައްމަދު ސައީދު ވަކިކުރެއްވުމަށް ފަހު އެވެ. އޭނާ މަޤާމުން ވަކިކުރީ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ. 

ޕީއެސްގެ މަގާމުން ސައީދު ވަކިކުރި ނަމަވެސް، މިދިޔަ ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަންގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް