ކަތިލުމަށްފަހު ހަތަރު ގަޑިއިރު ފަހުން އޫރެއްގެ ސިކުނޑީގެ އެއްބައި ދިރުވިފައިވާ ކަމަށް އެެމެރިކާގެ ސައިންސްވެރިން ބުނެފިއެވެ.
އެ ހޯދުމާ އެކު މަރުވުމާއި ދިރުއްވުމާމެދު ކުރެވޭ ބަހުސް ހޫނުވެގެންދާނެ ކަމަށް ބެލެވޭއިރު މި ހޯދުމުގެ ސަބަބުން އަލްޒައިމަރ ފަދަ ބަލިކަށް ރިސަރޗް ހެދުމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ.
އެ ދިރާސާއިން ދެއްކި ގޮތުގައި ސިިކުނޑީގެ ސެލްތައް މަރުވުން ހުއްޓުވައިލެވިދާނެއެވެ. އަދި ސިކުނޑީގެ ބައެއް ގުޅުންތައް އަނބުރާ އިއާދަވެސް ކުރެވިދާނެއެވެ.
މީގެ އިތުރުން މި ހޯދުން ވެގެންދަނީ ސިކުނޑިއަށް ލޭފޮނުވުން ހުއްޓުވާލުމާއެކު މިނެޓް ކޮޅެއްގެ ތެރޭގައި ސިކުނޑި އިއާދަ ނުކުރެވޭ މަރުވުމަކަށް ދާކަމަށް ބުނާ ބުނުމަށް އަރާރުންވާ ކަމަކަށެވެ.
މި ދިރާސާއަށް އޫރު ކަތިލާ ތަނަކުން ބައްތިރީސް އޫރު ހޯދާފައިވެއެވެ.
އޫރު ކަތިލިތާ ހަތަރު ގަޑިއިރަށްފަހު އެ ގުނަވަންތައްވަނީ ޔޭލް ޔުނިވަރސިޓީގެ މި ޓީމުން އުފައްދާފައިވާ ސިސްޓަމަކާއި ގުޅާލާފައެވެ.
ސިކުޑިތައް ބަހައްޓާފައި ވަނީ ސިކުނޑީގެ ވަށައިގެން ހުންނަ ދިޔަ އާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ދިޔައަކާއި މަސްނޫއީ ލޭ އެ ސިކުނޑިއަށް ފޮނުވޭ ގޮތަށެވެ. މިހެން ހެދުމުން ސިކުނޑިއަށް އޮކްސިޖަން ލިބި ސިކުނޑީގެ ސެލްތައް މަރުވުން ހުއްޓުވޭނެއެވެ.