ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 23:11
ސަލްމާން ޚާން އާއި ޕެރިސް ހިލްޓަން
ސަލްމާން ޚާން އާއި ޕެރިސް ހިލްޓަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
ޕެރިސްގެ ކޮމެންޓްގައި ވަނީ ކޫލް އިމޯޖީއެއް

ބޮލީވުޑް އެކްޓަރ ސަލްމާން ޚާން ވަނީ އޭނާގެ އަންނަން އޮތް ފިލްމް "ބާރަތް" ގައި އޭނާ ފެނިގެންދާ ގޮތުގެ ތަފާތު ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

 ސަލްމާންގެ ޒުވާންކަން ދައްކުވައިދޭ މި ފޮޓޯ ހިއްސާކުރުމާއި އެކު ފޮޓޯއަށް އިންޓަނޭޝަނަލް ސްޓާރ ޕެރިސް ހިލްޓަން ވަނީ ކޮމެންޓް ކޮށްފައެވެ.

ޕެރިސްގެ ކޮމެންޓްގައި ވަނީ ކޫލް އިމޯޖީއެކެވެ.

މި ފޮޓޯގެ އިތުރުން ވެސް ސަލްމާން ވަނީ މި ފިލްމްގައި އޭނާގެ ޒުވާން ދުވަސްވަރާއި މުސްކުޅި ދުވަސްވަރުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ.

އަލީ އައްބާސް ޒަފަރު ޑައރެކްޓް ކުރާ ފިލްމް "ބާރަތް" އަކީ މިއަހަރު ރިލީޒް ކުރާނެ އެންމެ ބޮޑު އެއް ފިލްމެވެ.

މި ފިލްމްގައި ސަލްމާން ގެ އިތުރުން ކެޓްރީނާ ކެއިފް، ސުނިލް ގްރޯވާ، ތައްބޫ އަދި ޖެކީ ޝްރޯފް ލީޑް ރޯލުން ފެނިގެންދާނެއެވެ.

މި ފިލްމަކީ އަލީ އައްބާސް ޒަފަރު އާއި އެކު ސަލްމާން މަސައްކަތް ކުރާ ތިންވަނަ ފިލްމެވެ.

މީގެ ކުރިން ސަލްމާން ވަނީ އަލީ އައްބާސް ޒަފަރުގެ ދެ ފިލްމް ކަމަށްވާ "ސްލްތާން"(2016) އަދި ޓައިގާ ޒިންދާހޭ (2017) ގައި މަސައްކަތް ކޮށްފައެވެ.

ބާރަތުގެ ޓްރެއިލާ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ގައެވެ. ބާރަތް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އީދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
18 އޭޕްރިލް 2019 | ބުރާސްފަތި 01:24
ނޫނު
ބާރަތް އޯ ބާރަތު ތަ ފިލްމަށް ކިޔަނީ. ތ އަކީ ސުކުން ކުރެވޭ އަކުރެކެވެ. ސުކުނެއް ޖެހުމުން މާނައަށް ތަފާތު އާދެއެވެ.