Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 23:09
އުޝާމް ރައީސް ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު
އުޝާމް ރައީސް ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު
ޓްވިޓަރ
އަހުމަދު އުޝާމް
ސަރުކާރާއެކު މަސައްކަތް ކުރާނަން: އުޝާމް
ވިލިމާލޭގެ ތަރައްޤީީއަށް މިހާރު އެންމެ މުހިންމުވެފައިވާ ކަންކަމާއި ގުޅޭގޮތުން ރައީސާއި މަޝްވަރާ ކުރެއްވި

ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

ތިން ކެނޑިޑޭޓުންނާއި ވާދަކޮށް ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އުޝާމް އެފަދައިން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ބައްދަލުކުރެއްވުމަށް ފަހު ބުދަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ. 

އެ ޓުވީޓްގައި އުޝާމް ވިދާޅުވީ ވިލިމާލޭގެ ތަރައްޤީީއަށް މިހާރު އެންމެ މުހިންމުވެފައިވާ ކަންކަމާއި ގުޅެގޮތުން ރައީސް ސޯލިހާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. 

އުޝާމް ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވަ އެވެ. އުޝާމާއި އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ޔާމީން އަހުމަދު އެވެ. އެ ދާއިރާގެ އިންތިހާބުގައި ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް ވާދަކުރެއްވި އެވެ. ނަމަވެސް އޭނާއަށް ޖެހިވަޑައިގެންނެވީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލައްވާށެވެ. 

ވިލިމާލެ ދާއިރާގެ ގޮނޑިއަކީ މާލެ ސިޓީގެ ދާއިރާތަކުގެ ތެރެއިން އެމްޑީޕީއަށް ހަމައެކަނި ގެއްލުނު ގޮނޑި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް