ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 23:07
ޕައިލެޓުންނާއި އިންޖިނިއަރުން އަދި ގްރައުންޑް ސްޓާފުންނަށްވެސް މުސާރަނުދެވި މަސްތަކެއްވަނީ ވެފައި
ޕައިލެޓުންނާއި އިންޖިނިއަރުން އަދި ގްރައުންޑް ސްޓާފުންނަށްވެސް މުސާރަނުދެވި މަސްތަކެއްވަނީ ވެފައި
އީޕީއޭ
ޖެޓް އެއަރވޭސް
ޖެޓް އެރވޭސްގެ ހުރިހާ ފްލައިޓްތަކެއް ވަގުތީގޮތުން ހުއްޓާލައިފި
ޖެޓްއެއަރވޭސް ފަށާފައިވަނީ މީގެ 25 އަހަރުކުރިން

މާލީ ގޮންޖެހުންތަކެއްގެ ތެރޭގައި އޮތް ޖެޓް އެއަރވޭސްއިން އިމަރޖެންސީ ފަންޑިންގ ހޯދުމަށް ކުރަމުންދިޔަ މަަސައްކަތް ކާމިޔާބު ނުވެ އެ ކުންފުނީގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގްވާމީ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އެެއަރލައިނުން ބުނީ ތެލުގެ ފައިސާއާއި އެހެނިހެން ޚިދުމަތްތަކަށް ވެސް އަގު ނުދެއްކޭ ހާލަތުގައި އޮތް އެއަރލައިންގެ ފަހު ދަތުރު ކުރާނީ ބުދަ ދުވަހު ކަމަށެވެ.

ޖެޓް އެއަރވޭސްއިން ބުނީ ހުއްޓާލުން ނޫން ގޮތެއް ނެތް ކަމަށާއި ނަމަވެސް އުއްމީދަކީ އަލުން ފަށައިގަނެވުން ކަމަށެވެ.

އެ އެއާލައިން ވަނީ ޖުމްލަ 1.2 ބިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރެެެއަށް ވެއްޓިފައެވެ. އެއަރލައިނުުން ވަނީ ފައިސާ ލިބޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެއާލައިނުން ވަނީ މުވައްޒަފުންގެ މުސާރައާ، ބޭންކަށް ދައްކަންޖެހޭ ފައިސާއާއި ސަަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާގެ އިތުރުން ބޯޓްތައް ކުއްޔަށް ދޫކުރި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ވެސް ނުދައްކައެވެ.

ޖުމްލަ 123 މަތިންދާ ބޯޓާއިއެކު އެ އެއަރލައިނަކީ އިންޑިއާގެ އެންމެ ބޮޑު އަމިއްލަ އެއަރލައިނެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ބޭނުން ކުރެވޭ ހާލަތެއްގައި އޮތީ އެންމެ ފަސް ބޯޓެވެ.

އެއަރލައިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފައިސާދޭ ފަރާތްތަކާއެކު ހުއްޓުމެއްނެތި ކުރި މަސައްކަތުން ވެސް އެކަށީގެންވާ ނަތީޖާއެއް ނުކުމެފައި ނުވާ ކަމަށެވެ.

އިންޑިއާގެ ސަރުކާރުންވަނީ ދައުލަތުން ހިންގާ ބޭންކްތަކުން އެއަރލައިންގެ ދަރަނީގެ މައްސަލައިގެ ތެރެއަށް ވަދެ އެހީ ދިނުމަށް އެދިފައެވެ. މީގެ 25 އަހަރު ކުރިން ނަރޭޝް ގޯޔާލް ފެއްޓި އެއަރަލައިނަކީ 23،000 މީހުން ވަޒީފާ އަދާކުރާ ކުންފުންޏެކެވެ.

 އެ ކުންފުނީގެ ޗެއަރމަންގެ މަގާމުން އޭނާވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް