ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 22:21
ގާސިއާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާުރު ކުރައްވާ
ގާސިއާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާުރު ކުރައްވާ
ރޮއިޓަރސް
އެލަން ގާސިއާ
ޕެރޫގެ ކުރީގެ ލީޑަރު ހައްޔަރުކުރުމުގެ ކުރިން އަމިއްލަފުޅަށް ބަޑިޖަހައި މަރުވެއްޖެ
ގާސިއާވަނީ ދެ ފަހަރެއްގެ މަތިން ޕެރޫގެ ވެރިކަން ކުރައްވާފައި

ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން ހައްޔަރު ކުރުމަށް ގެއަށް ފުލުހުން ދިއުމާއެކު އަމިއްލަ ފުޅަށް ގައިކޮޅަށް ބަޑި ޖެއްސެވި ޕެރޫގެ ކުރީގެ ރައީސް އެލަން ގާސިއާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ބުދަ ދުވަހު އަވަހާރަވެއްޖެ ކަމަށް އިދާރާތަކުން ބުނެފިއެވެ.

ގޯހުން އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންދާ ގާސިއާގެ އުމުރުފުޅަކީ 69އެވެ.

ރައީސް މާޓިން ވިޒްކައްރާ ވަނީ ގާސިއާގެ މަރުން ކުއްލި ހިތްދަތިކަމެއް ލިބިވަޑައިގެންނެވި ކަމަށާއި އާއިލާގެ މެމްބަރުންނަށް ތައުޒިއާ ވިދާޅުވާ ކަމަށް ޓްވީޓް ކުރައްވާފައެވެ.

ގާސިއާ ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓް އަމުރު އެސޯސިއޭޓެޑް ޕްރެސްއަށް ލިބިފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

ޕެރޫގެ ކޯޓުން އޭނާގެ މައްޗަށް ދައުވާކުރަނީ ބްރެޒިލްގެ ކުންފުންޏަކަށް ހަވާލުކުރި އިލެކްޓްރިކް ރޭލްގެ ކޮންސްޓަރްކަޝަންގެ މަސައްކަތުގައި މަގާމު ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތެވެ.

މީގެ އިތުރުން ބްރެޒިލްގައި ބޭއްވި ކޮންފަރެންސެއްގައި ބައިވެރިވުމުގެ ގޮތުން ރިޝްވަތުގެ ގޮތުގައި 100،0000 އެމެރިކާ ޑޮލަރު ނަގާފައިވާ ކަމުގެ ތުހުމަތުތައް ވެސް ވަނީ ކުރެވިފައެވެ.

އުމުރުން 69 އަހަރުފުޅުގެ ގާސިއާ ވަނީ ޕޭރުގެ ރައީސްކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައެވެ. ކޮރަޕްޝަންގެ މައްސަލަތަކެއްގައި ތުހުމަތު ކުރެވި ހައްޔަރު ކޮށްފާނެކަމުގެ ބިރަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުރުގުއޭގެ އެމްބަސީން ހިމާޔަތަށް އެދިވަޑައިގެންފައިވާއިރު 1992 ވަނަ އަހަރު ކޮލަމްބިއާގެ އެމްބަސީ އިން ހިމާޔަތް ހޯއްދެވުމަށް ވެސް ގާސިއާ އެދިވަޑައިގެންފައިވެއެވެ.

ގާސިއާވަނީ 1985ން 1990 އަށް ވެރިކަން ކުރެއްވުމަށް ފަހު 2006 ވަނަ އަހަރު އަލުން އިންތިޚާބުވެ ވަޑައިގެން ވެސް ފަސް އަހހަރުގެ ދައުރެއް ރައީސްކަމުގައި ފުރިހަމަކުރައްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް