Advertisement
ކ. މާލެ
|
18 އޭޕްރިލް 2019 | ބުރާސްފަތި 19:14
އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ތެރެއިން ނަން ނެގި މީހުން
އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ތެރެއިން ނަން ނެގި މީހުން
ރާއްޖެ އެމްވީ
އެމްއެމްޕީއާރްސީ ޚިޔާނާތް
ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި
ހަތަރު މީހެއްގެ ނަން ވަނީ ނަގާފައި
ފިލައިގެން އެ މީހުން އުޅެނީ އިނގިރޭސީވިލާތުގައި
ރެޑް ނޯޓިސް ނެރުނީ 2016ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ފިލައިގެން އުޅޭތީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ހަތަރު މީހެއްގެ ނަން ނަގައިފިއެވެ.

ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެން އިންޓަޕޯލުން 2015 ވަނަ އަހަރު ރެޑްނޯޓިސް ނެރުނު ތިން މީހުންނަކީ މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފާއި މ. ލޭންޑްއޮފްގާރޑްން، އަހުމަދު އިޝްފާހު އަލީ އާއި ގ. އިވާލި މުހައްމަދު ހުސައިން (އޮއިއްޓޭ)ގެ އިތުރުން އެޗްޑީސީގެ ކުރީގެ ޗެއާމަން މުހައްމަދު އަސީލެވެ.

ނަމަވެސް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ތެރޭގައި އެ ހަތަރު މީހުންގެ ނަމެއް މިހާރު ނެތެވެ. އެ ނަންތައް ނެގި ސަބަބާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީ ބަހެއް އަދި ނުބުނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ މޮހޯ އާއި އޮއިއްޓޭގެ އިތުރުން އިޝްފާހު ދިރިއުޅެނީ އިނގިރޭސީވިލާތުގައެވެ. އަދި އަސީލު ދިރިއުޅެނީ އޮސްޓްރޭލިއާގައެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުން އެ ގައުމުތަކުގައި ދިރިއުޅެނީ  އާއިލާއާއެކުގައެވެ.

ނަމަވެސް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ހޯދަން އިއުލާނު ކުރި ހއ. މުރައިދޫ، ވައިޖެހޭގެ، މުހައްމަދު ވިޝާމް ހޯދަން އިންޓަޕޯލުން ނެރުނު ރެޑްނޯޓިސް އަދިވެސް އުވައެއް ނުލައެވެ. އޭނާއާ އެކު އެކި ކުށްތަކުގައި އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ ދިވެހިންގެ އަދަދު 11އަށް އަރައެވެ.

ރެޑް ނޯޓިސް އުވާލި މީހުންގެ ތެރޭގައި ހިމެނޭ މޮހޯއަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިފައިވާ އެސްއޯއެފް ކުންފުނީގެ ހިއްސާދާރެކެވެ. އެސްއޯއެފް އެކައުންޓް މެދުވެރިކޮށް، ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އެންޓިކޮރަޕްޝަންް ކޮމިޝަނުން ވަނީ ބުނެފައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތް 1.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
17 އޭޕްރިލް 2019 | ބުދަ 16:56
ihaaru.
ސިފައިންގެ ޤަދީމީ މުޑުދާރު ސިފަޔައް މުޅިންވެސް މިހާތަނައް އަމަލް ކޮށްފަ ޔޮތީ، މިހާރު ކޮމާންޑު އޮތީ އެގޮތަކައްނޫން ކަމަށް ބެލެވެނީ
17 އޭޕްރިލް 2019 | ބުދަ 15:02
disgusting
ޔާރެއް އިޔާރެއް ނެތްމީހުން ސަލާމަތް ކުރާނެ މީހެއް ނުހުންނާނެ