Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 17:19
ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު
ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު
ގޫގުލް
ރައްޔިތުންގެ މަޖިލިސް 2019
މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
 ގިނަ ދުވަސްވެފައިވާ ރިޕޯޓްތައް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި
މާލިއްޔަތު ކޮމިޓީގައި ތޮއް ޖެހިފައި ހުރި 12 އަހަރުވެފައިވާ ރިޕޯރޓްތަކުގެ ޒިންމާ 16، 17 އަދި 18 ވަނަ މަޖިލިސްވެސް ނަގަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ

މި ހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލީހޭ ރައްޔިތުން ބުނަމުންދާ ކަމަށާއި، އެއީ ރަނގަޅު ވާހަކައެއް ކަމަށް ކޮމަންޑޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށްފައިވާ 101 އޮޑިޓް ރިޕޯޓެއް އެޖެންޑާކޮށްފައެވެ. އެ 101 އޮޑިޓް ރިޕޯޓް އެކި ދުވަސްތަކަށް ބަހާލުމަށްފަހު ހޯމަ، އަންގާރަ، އަދި ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އަދި އޭގެ ތެރެއިން 68  ރިޕޯޓް ވަނީ މި ތިން ދުވަހުގެ ޖަލްސާގައި ފާސްކޮށްފައެވެ. މި ރިޕޯޓްތަކަކީ މީގެ 12 އަހަރު ކުރީގެ ރިޕޯޓްތަކެކެވެ. އެއީ 2007 ފެށިގެން 2012 ވަނަ އަހަރާއި ދެމެދުގެ ސަރުކާރުގެ އެކި ވުޒާރާތަކާއި، ކޮމިޝަންތަކާއި، ކައުންސިލްތަކުގެ ރިޕޯޓްތަކެކެވެ.

 ގިނަ ދުވަސްވެފައިވާ ރިޕޯޓްތައް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ބުދަ ދުވަހުގެ ޖަލްސާގައި ނާޝިދު ވިދާޅުވީ މި ހިނގާ 18ވަނަ މަޖިލީހަކީ ހަޑިމުޑުދާރު މަޖިލީހެއް ކަމަށް ރައްޔިތުން ބުނަމުންދާ ބުނުން ، އޭނާވެސް ގަބޫލުކުރައްވާ ކަމަށެވެ. ނާޝިދު ވިދާޅުވީ އެއް އަހަރު ދުވަސް ދިޔައީ ޖަލްސާތައް ނުބޭއްވި މެމްބަރުންނަށް މަޖިލީހަށް ނުވަދެވި، ކަންތައް އެޖެންޑާ ނުކުރެވި ކަމަށެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީގައި ތޮއްޖެހިފައި ހުރި 12 އަހަރުވެފައިވާ ރިޕޯރޓްތަކުގެ ޒިންމާ 16، 17 އަދި 18 ވަނަ މަޖިލިސްވެސް ނަގަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. ސަބަބަކީ މީގެ ތެރެއިން ބައެއް އޮޑިޓް ރިޕޯޓްތަކަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރީގެ ރިޕޯޓްތަކެވެ.

މާލިއްޔަތު ކޮމިޓީން 2015 ވަނަ އަހަރުވެސް ރިޕޯޓްތަކުގެ ބައެއް މަސައްކަތްތައް ނިންމާފައިވާ ކަމަށާއި، ނަމަވެސް އެ ރިޕޯޓްތައް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިނުވާކަން ނާޝިދު ވަނީ ފާހަގަ ކުރައްވާފައެވެ.ރިޕޯޓްތައް އެޖެންޑާ ނުކުރެވި ލަސްވެފައިވާ މައްސަލައިގައި ނާޝިދުވަނީ އޭރުގެ މަޖިލިސްގެ ރައީސްކަން ކުރެއްވި ފަރާތްތަކުގެ އިހްމާލް އޮތް ކަމަށް ތުހުމަތު ކުރައްވާފައެވެ. ނާޝިދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮމިޓީތަކާއި، މުޅި މަޖިލީހުގައި ހިނގާ ހުރިހާ ކަމެއް ބެލުމުގެ ޒިންމާ އެޅިފައި އޮންނަ ފަރާތަކީ މަޖިލީހުގެ ރައީސް ކަމަށެވެ.   

ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ޖަލްސާއަށް އެޖެންޑާ ކުރެވުނު 29 އޮޑިޓް ރިޕޯޓްގެ ތެރެއިން ފަސް ރިޕޯޓެއް ފާސްކޮށްފައެވެ.    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
19 އޭޕްރިލް 2019 | ހުކުރު 01:53
އަލީމްބެ
ތިމާގެ ވިޔަފާރި ފުޅާކުރަން މަޖިލީހު ތެރަށް ވަނުމަކީ އެންމެ ހަޑިމުޑުދާރު އަމަލު