ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 18:32
ޑެނިސް ސުއަރޭޒް
ޑެނިސް ސުއަރޭޒް
ޓްވިޓަރ
ޑެނިސް ސުއަރޭޒް
ސުއަރޭޒް ނަޕޯލީއަށް ބަދަލުވުމާ ގާތަށް
 
ސުއަރޭޒް ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ގައި

އާސެނަލްއަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކިން މިޑްފިލްޑަރ ޑެނިސް ސުއަރޭޒް ނަޕޯލީއަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބާސެލޯނާއިން ލޯން އެއްބަސްވުމެއްގެ ދަށުން ސުއަރޭޒް މި ސީޒަނުގެ ނިޔަލަށް އާސެނަލްއަށް ކުޅެމުން އަންނައިރު، އޭނާ ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

އާސެނަލްއާއެކު ސުއަރޭޒް ހަދާފައިވާ އެއްބަސްވުން ދާއިމީކުރެވޭނީ 20 މިލިއަން ޔޫރޯ އިތުރަށް ދިނުމަށްފަހުއެވެ. ނަމަވެސް އެއްބަސްވުން އާސެނަލްއިން އާކުރާނެ ކަމަށް ނުބެލެވެއެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ގިނަ ކްލަބްތަކުން ފާރަލި ސުއަރޭޒް ހޯދުމަށް މިހާރުވެސް އަންނަނީ ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ނަޕޯލީއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިންމާލުމަށްފަހު ސުއަރޭޒް ނަޕޯލީއަށް ބަދަލުވާނެއެވެ. އަދި އެކަމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ނަޕޯލީން އަންނަނީ ވަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މެންޗެސްޓާ ސިޓީން 2011 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ސުއަރޭޒް ވަނީ ސެވިއްޔާ އަދި ވިޔަރެއާލް އަށް ކުޅެފައެވެ. އޭނާ ވަނީ ބާސާ އަށް މިހާތަނަށް ކުޅުނު 71 މެޗުގައި 8 ލަނޑު ވެސް ކާމިޔާބުކޮށްފައެވެ. އަދި ސުއަރޭޒް ވަނީ އާސެނަލްއަށް ބަދަލުވެ މިހާތަނަށް އެޓީމަށް ހަ މެޗު ކުޅެފައެވެ.

ބާސާއާ އެކު ސްޕެނިޝް ލަލީގާ އެއްފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު އަދި ދެ ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައިވާ ސުއަރޭޒް ވަނީ ސެވިއްޔާއާ އެކު ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއެކު 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ސުއަރޭޒް ވަނީ ސްޕެއިންގެ އުމުރުފުރާތަކުގެ ޓީމުތަކުގެ އިތުރުން ސީނިއާ ޓީމަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް