Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 17:03
ރޯދަ މަހަށް މޯލްޑިވިއަނުން އަގުހެޔޮ ކުރި ޓިކެޓުގެ އަގުތައް
ރޯދަ މަހަށް މޯލްޑިވިއަނުން އަގުހެޔޮ ކުރި ޓިކެޓުގެ އަގުތައް
ރާއްޖެ އެމްވީ
މޯލްޑިވިއަން
ރޯދައަށް މޯލްޑިވިއަންގެ ޓިކެޓް ބޮޑުތަނުން އަގުހެޔޮ ކޮށްފި
ޕްރޮމޯޝަން އަންނަ މަހުގެ 5-28އަށް

ކުރިއަށް އޮތް ރަމްޟާން މަހާ ދިމާކޮށް، މޯލްޑިވިއަންގެ ޓިކެޓް ވަރަށް ބޮޑަށް އަގުހެޔޮ ކުރަން ނިންމައިފިއެވެ.

އަންނަ މަހު ފަހަކުން ފެށިގެން އަންނަ މަހުގެ 28 ނިޔަލަށް މޯލްޑިވިއަންގެ ޓިކެޓް އަގުހެޔޮ ކުރަން ނިންމައި، ރާއްޖޭގެ 10 މަންޒިލަކަށް މޯލްޑިވިއަނުން ދަތުރުކުރާ އަގުތައް ވަނީ އާންމުކޮށްފައެވެ. އެގޮތުން ކޮންމެ މަންޒިލެއްގެ ދެކޮޅު ޓިކެޓުގެ އަގުތައް ވަނީ އާންމުކޮށްފައެވެ.

ރޯދަ މަހަށް މޯލްޑިވިއަނުން ކަނޑައެޅި އަގުތައް:

ދަރަވަންދޫ ދެކޮޅު ޓިކެޓުގެ އަގު: 999ރ.

ކުޑަހުވަދޫ ދެކޮޅު ޓިކެޓުގެ އަގު: 1388ރ.

އިފުރު ދެކޮޅު ޓިކެޓުގެ އަގު: 1388ރ.

ހަނިމާދޫ ދެކޮޅު ޓިކެޓުގެ އަގު: 1477ރ.

ތިމަރަފުށީ ދެކޮޅު ޓިކެޓުގެ އަގު: 1477ރ.

ކައްދޫ ދެކޮޅު ޓިކެޓުގެ އަގު: 1477ރ.

ކޫއްޑޫ ދެކޮޅު ޓިކެޓުގެ އަގު: 1515ރ.

ކާޑެއްދޫ ދެކޮޅު ޓިކެޓުގެ އަގު: 1515ރ.

އައްޑޫ ސިޓީ ގަން ދެކޮޅު ޓިކެޓު އަގު: 1544ރ.

ފުވައްމުލަކު ސިޓީގެ ދެކޮޅު ޓިކެޓުގެ އަގު: 1544ރ.

ރޯދައަށް ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓް ގަންނަން ބޭނުންނަމަ، ފުރަން ކަނޑައަޅާތާ ތިން ދުވަސް ކުރިން ޓިކެޓް ނަގަންޖެހެއެވެ. އަދި އެގޮތަށް ޓިކެޓް ނެގޭނީ އަންނަ މަހުގެ 25ގެ ނިޔަށް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 އޭޕްރިލް 2019 | ބުދަ 16:08
ހުސެން
އިންޑިޔާގެ ކޯޗިން ދެކޮޅަށް 2500ރ. ،،،،،،،،ސުކުރިއްޔާ މޯލްޑިވިއަން