ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 15:35
އަޔަކްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އަޔަކްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޔުވެންޓަސް ވެސް ކަޓުވާލައި އަޔަކްސް ސެމީއަށް
 
އަޔަކްސްގެ މައްޗަށް ޔުވަންޓަސް ކުރިހޯދީ 2-3 ގެ އެގްރިގޭޓް ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ވެސް ކަޓުވާލައި އަޔަކްސް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ޔުވެންޓަސްއާ ވާދަކޮށް އަޔަކްސްއިން މެޗު ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލު ކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

އެގޮތުން 1997 ވަނަ އަހަރު ފަހުން އަޔަކްސްއިން މުބާރާތުގެ ސެމީން ޖާގަ ކަށަވަރު ކުރީ 2-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޔުވަންޓަސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މި ލަނޑު 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޕިޔަނިޗްގެ އެހީތެރިކަމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ނަމަވެސް ޔުވަންޓަސްއިން ލީޑު ނެގިތާ ހަ މިނެޓު ފަހުން އަޔަކްސްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވެންޑަބީކްއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ޔުވަންޓަސްގެ ކުޅުންތެރިން އޮފް ސައިޑް ކަމަށް ދޫކޮށްލައިގެން ތިއްބާ މުޅިން ހުސްކޮށް ހުރެއެވެ.

ދެވަނަ ހާފް ފެށިގެން އަޔަކްސްއިން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކުރިއެވެ. އަދި ލަނޑު ޖެހުމަށް ފުލުފުލުގައި އެޓީމުން ވަނީ ފުރުސަތުތައް ވެސް ތަނަވަސްކޮށްފައެވެ.

އަޔަކްސްއިން މެޗުގެ ލީޑު ނެގީ 67 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޑެލައިޓްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޝޯން ނަގައިދިން ކޯނަރަކުން ބޮލުންނެވެ.

ޔުވަންޓަސް ކަޓުވާލައި އަޔަކްސް ސެމީން ޖާގަ ހޯދިއިރު، އެޓީމު ކުއާޓާއަށް ދަތުކުރީ ޗެމްޕިއަން ރެއާލް މެޑްރިޑް ބޮޑު ތަފާތަކުން ބަލިކުރުމަށް ފަހުއެވެ. 

މި ނަތީޖާއާއެކު ސެމީގައި އަޔަކްސް ބައްދަލު ކުރަންޖެހޭނީ ބުދަ ދުވަހުގެ ރޭ ޓޮޓެންހަމް ހޮޓްސްޕާ އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް