Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 15:19
ސީއެސްސީގެ ރައީސް ޑރ.ޢަލީ ޝަމީމު، ސައީދަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
ސީއެސްސީގެ ރައީސް ޑރ.ޢަލީ ޝަމީމު، ސައީދަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
ޓްވިޓަރ
އެޑިއުކޭޝަންގެ ޕީއެސް
ސަސްޕެންޝަންގައި ހުރި އެޑިއުކޭޝަންގެ ޕީއެސް ސައީދު މަގާމުން ވަކިކޮށްފި
މަގާމުން ވަކިކޮށްފައިވަނީ ބުދަ ދުވަހު

ސަސްޕެންޝަންގައި ހުރި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދު މަގާމުން ވަކިކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެއް މަސް ދުވަހަށް ސައީދު ފުރަތަމަ ސަސްޕެންޑް ކުރީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހެވެ. އޭގެ ފަހުން އޭނާގެ ސަސްޕެންޝަން އިތުރުކޮށްފައި ވަނީ ފެބްރުއަރީ މަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދު ސަސަޕެންޑް ކުރީ އޭނާއާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ސިއެސްސީގެ ސެކެރެޓަރީ ޖެނެރަލް އިބްރާހީމް ޒުހުރީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެޑިއުކޭޝަން އިން ސިވިލް ސާވިސް އަށް ހުށައެޅި ސައީދުގެ މައްސަލަ ބެލުމަށް ފަހު ސިވިލް ސާވީސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން މަގާމުން ވަކިކުރުމަށް ނިންމައި ބުދަ ދުވަހު އެކަން އޭނާ އަށް އަންގާފައިވާ ކަމަށެވެ.  

ސައީދު އާ ދެކޮޅަށް އެޑިއެކޭޝަން އިން ހުށަހެޅީ ކޮން މައްސަލައެއްތޯ ސުވާލު ކުރުމުން ޒުހުރީ ވިދާޅުވީ، ވަކިކުރަން ޖެހުނު މައްސަލަ ސީއެސްސީން އެއްވެސް ފަރާތަކާ ހިއްސާ ނުކުރާނެ ކަމަށެވެ.

''އަޅުގަނޑުމެންނެއް މައްސަލައެއް ޑިސްކަސްއެއް ނުކުރަން. އަޅުގަނޑުމެން މައްސަލަ ޑިސްކަސް ކުރީމާ ބައެއް ފަހަރު ރިޕޯޓް ކުރާ ގޮތަކުން ނޫނީ އަޅުގަނޑުމެންނަށް ޑީޓެއިލްސް ދެވޭ ގޮތަކުން ދެން ހުންނަ މަރުހަލާއަކަށް އޭގެ އީޝޫއަކަށް ވެގެންދާނޭ'' އޭނާ ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސް ތަކެއްވަން ދެން މަސައްކަތް ކުރައްވަމުން ގެންދަވާ ސައީދު އެޑިއުކޭޝަންގެ ޕީއެސް ކަމަށް އައްޔަން ކޮށްފައި ވަނީ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
17 އޭޕްރިލް 2019 | ބުދަ 11:30
ހައްދު
އެހެން ވިއްޔާ ތިޔަ މައްސަލަ ލިއުމުން ކޮމިޝަނުގެ ތައްގަޑު ޖަހާފަ ނެރެން ވީނު. ވީގޮތެއް އެގެން އެބަ ޖެހޭދޯ
17 އޭޕްރިލް 2019 | ބުދަ 10:55
ދޯކި
ޝަރުތު ހަމަނުވާ މަގާމު ދިން މީހާ ވަކިކުރި ގޮތަށް ލިބުނު މިހާ ވެސް ވަކިކޮށް، ޝަރުތުހަމަވާ މީހާގެ ހައްގު ވެސް ހޯދައިދޭން ޖެހޭ.
17 އޭޕްރިލް 2019 | ބުދަ 10:41
މަސީހު
އަލީ ޝަމީމް ވަކިކުރަން ފެނޭ.