Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 15:55
ކާޑެއްދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
ކާޑެއްދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި
މޯލްޑިވްސް ޕޮލިސް ސާރވިސް
މަސްތުވާތަކެތި އަތުލައިގަތުން
ކާޑެއްދޫއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
އޮޕަރޭޝަން ހިންގީ ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ވައިގެ މަގުން ގދ. ކާޑެއްދޫއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު 45 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި. އޭނާ ހައްޔަރުކޮށްފައި ވަނީ ކާޑެެއްދޫއަށް އަންނަ ފުލައިޓަކުން މަސްތުވާތަކެތި ގެންނަ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެޕްރީލް 17 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު ކާޑެއްދޫ އެއާރޕޯޓުންނެވެ.

އެއާރޕޯރޓުން ހުއްޓުވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 05 ކެޕްސޫލާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 02 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤުކުރަމުންނެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި މަހުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. އެގޮތުން މި މަހު ކުރީކޮޅު މާލޭ މަގުމަތިން ހިފެހެއްޓި 40 އަހަރުގެ ފިރިހެނެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 727 ރަބަރު ޕެކެޓު އަތުން ފެނިފައިވެއެވެ 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް