Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 12:20
ރާއްޖޭގެ މަތީގައި އުފެދިފައިވާ ވިލާގަނޑުގެ ސެޓްލައިޓް ފޮޓޯއެއް
ރާއްޖޭގެ މަތީގައި އުފެދިފައިވާ ވިލާގަނޑުގެ ސެޓްލައިޓް ފޮޓޯއެއް
މުހައްމަދު ޝަރުހާން
މޫސުން
މިއަދު ވެސް ރާއްޖޭގެ ދެކުނުގެ ރަށްރަށަށް މޫސުން ގޯސް
ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފަށައިގެން މެންދުރު ފަހު 3:00 އަށް

މިއަދު ވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

ލ. އަތޮޅުން އައްޑު އަތޮޅާއި ދެމެދަށް މިއަދު ހެނދުނު 10:30 އިން މެންދުރު ފަހު 3 އަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. 

މެޓް އޮފީހުން ބުނީ ދެކުނާއި މެދުތެރޭ އެކި ހިސާބަަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އުތުރުގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރުފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.  

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް