Advertisement
ކ. މާލެ
|
16 އޭޕްރިލް 2019 | އަންގާރަ 23:40
ސިނަމާލެ ބްރިޖަށް ސައިކަލުގައި ބަޔަކު އަރަނީ
ސިނަމާލެ ބްރިޖަށް ސައިކަލުގައި ބަޔަކު އަރަނީ
ޝުއައިބް މުހައްމަދު އިގްބާލް
ރަމަޟާން މަސް
ރަމަޟާން މަހު ބްރިޖް މަތީގައި ހެވީ ވެހިކަލް ދުއްވުން މަނާ!
ރަމަޟާން މަހު ހަވީރު ތިނަކުން، މެންދަމު އެކަކަށް ބްރިޖުގައި މުދާ އުފުލުން މަނާ

ރަމަޟާން މަހު، ސިނަމާލެ ބްރިޖް މަތީގައި އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލްއެއް، އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް އެތޯރިޓީން ކަނޑައަޅައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ރަމަޟާން މަހުގައި މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައަޅާ ކުރި އިއުލާންގައި ބުނެފައިވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި ބްރިޖުގައި މުދާ އުފުލޭނެ ކަމަށެވެ. އަދި މި ވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަން ވާނީ މާލެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ. 

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައި ވަނީ ރަމަޟާން މަހު ހަވީރު 15:00 އިން، ދަންވަރު 1:00 އަށް ބްރިޖް މަތިން މުދާ އުފުލުން މަނާ ގަޑިތަކުގެ ގޮތުގަ އެވެ. އަދި ރަމަޟާން މަހުގައި ބުރިޖުމަތީގައި އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލެއް އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ. 

މި އަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ އެކެއްގެ ނިޔަލަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖައްސާފައި ވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ. ނަމަވެސް 9:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، 350kg އަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި އުފުލުން ވަނީ ހުއްދަކޮށްފައެވެ. 

އެތޯރިޓީން ކަނޑައަޅާފައިވާ ގޮތުގައި ހަވީރު 3:00 އިން ފެށިގެން 9:00 އާދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް