ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 07:53
ސާރާ އަލީ ޚާން
ސާރާ އަލީ ޚާން
ގެޓީ އިމޭޖަސް
ބޮލީވުޑް
ކޫލީ ނަމްބަރު 1ގެ ޝޫޓިން ފެށުމުގެ ކުރިން ސާރާ ނިއުޔޯކްގައި ޗުއްޓީ ހޭދަކުރަން ފަށައިފި
ސާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކާރްތިކް އާރްޔަންއާ އެކު

ބޮލީވުޑްގެ ތަރި ސާރާ އަލީ ޚާން އޭނާގެ އަންނަން އޮތް ފިލްމް "ކޫލީ ނަމްބަރު1" ގެ ޝޫޓިން ފެށުމުގެ ކުރިން ނިއުޔޯކްގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

ސާރާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ސާރާ އާއި އޭނާގެ އެކުވެރިން ފެނިގެންދަނީ ނިއުޔޯކްގެ މަޝްހޫރު ސެންޓްރަލް ޕާކަށް ގޮސް އުޅެނިކޮށެވެ.

"ކޫލީ ނަމްބަރު1" ގެ ރީމޭކްގައި ސާރާއާ އެކު ފެނިގެންދާނީ ވަރުން ދަވަންއެވެ. މި ފިލްމަކީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓް ކުރާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް ރަސްމީކޮށް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ވަރުންގެ އުފަންދުވަސް ކަމަށްވާ މިމަހުގެ 24 ގައެވެ.

ސާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކާރްތިކް އާރްޔަންއާ އެކު އިމްތިއާޒް އަލީގެ "އާޖްކަލް" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް