ކ. މާލެ
|
16 އޭޕްރިލް 2019 | އަންގާރަ 22:02
ބާސާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
ބާސާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
އޭއެފްޕީ
ފިލިޕޭ ކުޓީނިއޯ
ކުޓީނިއޯ ބާސާގައި މަޑުކުރާނެ: ބާސާގެ ރައީސް
 
ކުޓީނިއޯގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ފިލިޕޭ ކުޓީނިއޯ މަޑުކުރާނެ ކަމަށް އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ބާޓޮމެއު ބުނީ، ކުޓީނިއޯ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ހުނަރު ކުރިޔަށް އޮތް ތަނުގައި ވެސް ކްލަބަށް ބޭނުންވާނެ ކަމަށެވެ.

އެގޮތުން ބާޓޮމެއު ބުނީ، ކުޓީނިއޯ ބާސާގައި މަޑުކުރާނެ ކަމަށާއި، އެއީ ޝައްކު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއްބަސްވުން ހަމަވަންދެން އޭނާ އެހެން ކްލަބަކަށް ބަދަލުނުވާނެ ކަމަށް ވެސް ބާޓޮމެއު ވަނީ ބުނެފައެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކުޓީނިއޯ ބުނީ، މިއީ އޭނާ ބާސާގައި ހޭދަކުރާ ދެވަނަ ސީޒަން ކަމަށާއި، ތަށިތަކެއް ވެސް ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. އަދި ވިސްނުން ހުރީ އިތުރު ކާމިޔާބީތައް ހޯދަން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކުޓީނިއޯއާ އެކު ބާސާ އިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާ އިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެ ކްލަބާ އެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 66 މެޗުގައި 20 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާ އެކު ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 47 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް