މަމެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޅ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ޓީމް ކަށަވަރު ކޮށްފިއެވެ.
ޅ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ސެމީގެ ޖާގަ ކަށަވަރު ކުރީ ކުއާޓާ ފައިނަލުގައި 0-1 ގެ ނަތީޖާ އަކުން ދަރުމަވަންތަ ސްކޫލް ބަލިކޮށްގެންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ޅ. އަތޮޅު އެޑިއުކޭޝަންއިން ވަނީ ދަރުމަވަންތަ ސްކޫލްގެ ފަހަތަށް ބާރު ބޮޑުކޮށް ވަރުގަދަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގައި ނަތީޖާ ހަމަހަމަ ކުރުމަށް ދަރުމަވަންތަ ސްކޫލްއަށް ރަނގަޅު ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ.
12 އަހަރުން ދަށުގެ ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރީ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެސް ހޯދި ހިރިޔާ ސްކޫލްއިންނެވެ.
ހިރިޔާ މެޗު ކާމިޔާބު ކުރީ ރެހެންދި ސްކޫލްއާއި ވާދަކޮށް 1-3 ގެ ނަތީޖާ އަކުންނެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެމެޗު 16 އޭޕްރިލްގައި ކުޅުމަށް ހަމަޖެހިފައި ވާއިރު ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވާދަކުރާނީ އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލްއެވެ.
ކުއާޓާގެ ފަހު މެޗުގައި ވާދަކުރާނީ ގާޒީ ސްކޫލްއާއި ތާޖުއްދީން ސްކޫލްއެވެ.