ކ. މާލެ
|
16 އޭޕްރިލް 2019 | އަންގާރަ 17:59
ވެޓްފޯޑާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން
ވެޓްފޯޑާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން
ގޫގުލް
ޕްރިމިއާ ލީގު
ޕްރިމިއަރ ލީގު: އަރސެނަލް ތާވަލުގެ ހަތަރުވަަނައަށް ޖެހިލައިފި
 
އާސެނަލް މެޗު ކާމިޔާބުކުރީ ވެޓްފޯރޑްއާއި ވާދަކޮށް 0-1

ޕްރިމިއާ ލީގުގައި ހޯމަދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް އާސެނަލް ލީގު ތާވަލުގެ ހަތަރުވަނައަށް އަނެއްކާވެސް ޖެހިލައިފިއެވެ. 

އާސެނަލް މެޗު ކާމިޔާބުކުރީ ވެޓްފޯރޑްއާއި ވާދަކޮށް 0-1 ގެ ނަތީޖާ އަކުންނެވެ.

ވެޓްފޯރޑްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަވަގު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ އާސެނަލް އިންނެވެ. 

އާސެނަލް ވަނީ މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ލީޑް ނަގާފައެވެ. މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބުކޮށް ދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. 

އާސެނަލް މެޗުގެ ލީޑް ނެގިތާ މާގިނައިރެއްނުވެ މެޗުގެ 11 ވަނަ މިނެޓުގައި ވެޓްފޯރޑްގެ ކެޕްޓަން ޓްރޯއީ ޑީނޭ އާސެނަލްގެ މިޑްފީލްޑަރ ލޫކަސް ޓޮރޭރާއަށް ކުރި ފައުލަކާއި ގުޅިގެން ޑީނޭއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗުގެ ބާކީބައި ވެޓްފޯރޑްއިން ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށް 10 ކުޅުންތެރިންނާ އެކުއެވެ. 

ފުރަތަމަ ހާފްގައި ވެޓްފޯރޑްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އާސެނަލްގެ ޑިފެންޑަރުން ވަނީ ހަމަލާތައް ދިފާއު ކޮށްފައެވެ. ލީޑް އިތުރަށް ފުޅާ ކުރުމަށް އާސެނަލްއަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ. 

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާ އަކުން އާސެނަލް ލީޑްގައި އޮވެގެންނެވެ. 

މެޗުގެ ދެވަނަ ހާފް ފެށިގެން އާސެނަލްގެ ކުޅުން އިތުރަށް ރަނގަޅުކޮށް ވެޓްފޯރޑްގެ ފަހަތަށް ވަނީ ބާރުބޮޑު ކޮށްފައެވެ. ގިނަ ހަމަލާތަކެއް އާސެނަލްއިން އުފެއްދި ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. 

މެޗުން މޮޅުވުމުން އާސެނަލް ވަނީ ތާވަލުގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. އާސެނަލް ތާވަލުގެ ހަތަރުވަނާގައި ކުޅުން 33 މެޗުން ހޯދި 66 ޕޮއިންޓާއެކު އޮތްއިރު ޗެލްސީ ތާވަލުގެ ފަސްވަނާގައި އޮތީ އާސެނަލްއަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެން ، 34 މެޗުން ހޯދި 66 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނާގައި އޮތް ޓޮޓަންހަމް އާއި އާސެނަލްގެ ފަރަގު އެއް ޕޮއިންޓަށް ކުޑަވެފައި ވާއިރު، މެޗުން ބަލިވި ވެޓްފޯރޑް އޮތީ ތާވަލުގެ 10 ވަނާގައި 33 މެޗުން ހޯދި 46 ޕޮއިންޓާއެކުއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް