Advertisement
ކ. މާލެ
|
16 އޭޕްރިލް 2019 | އަންގާރަ 19:23
މުހައްމަދު ޝަރުހާން
ޕަރމަނަންޓް ސެކްރެޓަރީ
ޓްރާންސްޕޯޓް މިނިސްޓްރީއަށް ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަނު ކުރައްވައިފި
ފަޔާޒު ހިންގުމުގެ ދާއިރާގައި 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައިވޭ

މިނިސްޓްރި އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީކަމަށް  އަބްދުﷲ ފަޔާޒް ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނު ކުރައްވަވައިފިއެވެ.

ޕަރނަންޓް ސެކްރެޓަރީ އައްޔަނުކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު އެކޮމިޝަނުގައި ބާއްވާފައި ވާއިރު އެ މަގާމުގެ ލިޔުން ފަޔާޒާއި ހަވާލުކޮށް ދެއްވާފައިވަނީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޮފީސް ހިންގެވުމުގައި އެ ކޮމިޝަނުގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސާސް ތަންފީޒުކުރުމަށާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އަބްދުﷲ ފަޔާޒު ހިންގުމުގެ ދާއިރާގައި 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ތަފާތު މަޤާމުތަކުގައި ޚިދުމަތްކޮށްފައިވާ އިރު 6 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި ވަޒީފާތަކުގައި ޚިދުމަތް ކުރައްވާފައި ވެއެވެ.

އެގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ޓެކްނިކަލް އެޑްވައިޒަރގެ މަޤާމުގެ އިތުރުން ޢިމާރާތް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަންގެ ބޯޑު މެންބަރުކަމާއި ސަރުކާރުގެ ކުންފުނިތަށް ކަމަށްވާ ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑާއި ވޯކްސް ކޯޕަރޭޝަން ބޯޑުގެ މެންބަރުކަންވެސް އަދާކޮށްފައިވެއެވެ. އަދި ފަޔާޒުވަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން "ބެޗްލަރ އޮފް އިންޖިނިއަރިންގ" ފުރިހަމަ ކުރައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް