ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 09:20
ޖޫން 2018ގައި ބަޑި ހިފައިގެން ވަދެ ކެޕިޓަލް ގެޒެޓްގެ ފަސް މުވައްޒަފުން މަރާލާފައިވޭ
ޖޫން 2018ގައި ބަޑި ހިފައިގެން ވަދެ ކެޕިޓަލް ގެޒެޓްގެ ފަސް މުވައްޒަފުން މަރާލާފައިވޭ
އީޕީއޭ
ޕުލިޓްޒަރސް އެވޯޑް
ޕުލިޓްޒަރސް އެވޯޑް މިފަހަރު އެމެރިކާގެ ކެޕިޓަލް ގެޒެޓަށް
ކެޕިޓަލް ގެޒެޓަށް ލިބިފައިވަނީ ޚާއްސަ ޕުލިޓްޒަރ އެވޯޑެއް

ނޫސްވެރިކަމުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ޕުލިޓްޒަރ އެވޯޑް އެމެރިކާގެ ނޫހެއް ކަމަށްވާ ކެޕިޓަލް ގެޒެޓަށް ލިބިއްޖެއެވެ.

އެމެރިކާގެ މޭރީލޭންޑްގައި ގާއިމްވެފައިވާ އެ ނޫހަށް ޕުލިޓްޒަރ ޕްރައިޒް ފޮރ ކަވަރޭޖް ލިބިފައި ވަނީ އެ ނޫހުގެ ނިއުސްރޫމަށް ވަދެ ބަޑިން ހަމަލާދީ ފަސް މީހަކު މަރާލި ހާދިސާގެ ކަވަރޭޖް ގެނެސްދީފައިވާލެއް ފުރިހަމަކަމުންނެވެ.

އެވޯޑް ލިބުމުން އުފާފާޅުކުކުރުމުގެ ބަދަލުގައި އެ ނޫހުގެ ސްޓާފުންގެ ފަރާތުން ފެނުނީ، މަރާލެވުނު ސްޓާފުންގެ ހަނދާނުގައި ސްޓާފުން ބައްދާލައި ސަލާންކޮށްލުމެވެ.

ޖެރޮޑް ރާމޮސް ނަމަކަށް ކިޔާ މީހަކު 28 ޖޫން 2018ގައި ބަޑިހިފައިގެން ވަދެ މަރާލާފައިވާ އެ ނޫހުގެ ފަސް މުވައްޒަފުންނަކީ ޖޯން މެކްނަމާރާ، ވެންޑީ ވިންޓަރސް، ރިބެކާ ސްމިތް، ގެރަލްޑް ފިޝްމަން އަދި ރޮބް ހިއާސެންއެވެ.

ރައީސް ޓްރަމްޕްއާ ގުޅޭ ގޮތުން ކޮށްފައިވާ ތަހުގީގުގެ ސަބަބުން ނިއު ޔޯކް ޓައިމްސްއަށާއި ވޯލް ސްޓްރީޓް ޖަރނަލް އަށް ވެސް މި ފަހަރުގެ ޕުލިޓްޒަރސް އެވޯޑް ލިބިފައި ވެއެވެ.

ކެޕިޓަލް ގެޒެޓަށް ލިބިފައިވަނީ ޚާއްސަ ޕުލިޓްޒަރ އެވޯޑެކެވެ. ޕުލިޓްޒރ އެވޯޑާ އެކު ޕުލިޓްޒރ ބޯޑުން ވަނީ 100،000 އެމެރރިކާ ޑޮލަރު އެ ނޫހަށް ދީފައެވެ.

އެމެރިކާގެ ތާރީޚުގައި ވެސް ނޫސްއިދާރާއަކަށް ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާ އަމަޒުވި ކެޕިޓަލް ގެޒެޓްގެ މުވައްޒަފުން ވަނީ ހަަމަލާ ދިން ދުވަހާ ޖެހިގެން އައި ދުވަހު ވެސް ނޫސް ޗާޕްކޮށްގެން ނެރެފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް