Advertisement
ކ. މާލެ
|
16 އޭޕްރިލް 2019 | އަންގާރަ 16:01
އެމްޓީސީސީ ހުޅުމާލެ ފެރީއެއް
އެމްޓީސީސީ ހުޅުމާލެ ފެރީއެއް
އެމްޓީސީސީ
އެމްޓީސީސީ
ހއ އާއި ހދ. އަށް ފެރީގެ ޚިދުމަތް ދޭން ފަށައިފި
ޚިދުމަތް އަދި ކުރިޔަށް ގެންދަނީ ޓްރަޔަލްކޮށް

އެމްޓީސީސީއިން ހއ. އަދި ހދ. އަތޮޅުތެރޭ ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހއ. އަދި ހދ. އަތޮޅުތެރޭ ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީގޮތުން ފެށީ މި މަހުގެ 16 ވީ އަންގާރަ ދުވަހު ކަމަށާއި، ޚިދުމަތް އަދި ކުރިޔަށް ގެންދަނީ ޓްރަޔަލްކޮށެވެ.

އެމްޓީސީސީން ބުނީ ސްޕީޑް ފެރީގެ ދަތުރު ޓްރަޔަލް މުއްދަތުގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހއ.ދިއްދޫ ، ހދ.ހަނިމާދޫ އަދި ހދ. ކުޅުދުއްފުށި، މި ތިން ރަށް ގުޅުވާލެވިގެން ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ޓްރަޔަލް މުއްދަތު ނިމުމުން ސްޕީޑް ފެރީ ދަތުރުކުރާނެ ދާއިމީ ރޫޓެއް ކަނޑައެޅޭނެ ކަމަށާއި، މި ސްޕީޑް ފެރީގެ ދަތުރުތަކަށް 150 އާއި 250 ރުފިޔާ އާއި ދެމެދުގެ އަގުތަކެއް ނަގާނެ ކަމަށެވެ.

އެމްޓީސީސީން ހުޅުމާލެ އާއި މާލެ އަދި ވިލިމާލެ އާއި މާލެއާ ދެމެދު ފެރީގެ ޙިދުމަތް ދެމުންގެންދާއިރު، ބައެއް އަތޮޅުތަކަށް ވެސް މި ކުންފުނިން ދަނީ ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް